looper, Author at Labour Relations Authority

ބިދޭސީންގެ ދަފުތަރު ބެލެހެއްޓުމަށްޓަކައި، ލޭބަރ ރިލޭޝަންސް އޮތޯރިޓީއިން ”ހަރަހެރި“ ގެ ނަމުގައި ޕޯޓަލްއެއް އިފްތިތާޙްކޮށްފި
ރާއްޖެއަށް މަސައްކަތް ކުރަން އަންނަ ބިދޭސީން ދަފުތަރު ބަލަހައްޓަން ތައްޔާރުކުރި “ހަރަހެރި” ޕޯޓަލް މިއަދު އިފްތިތާހުކޮށްފި އެވެ. ޕޯޓަލް އިފްތިތާހު ކޮށްދެއްވީ އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއީލެވެ. ހަރަހެރި މި ބަސް ބޭނުން ކުރަނީ ރަށްވެހި އަދި ހަރުދަނާ މި ދެ މާނައިގަ އެވެ.

ލޭބަރ ރިލޭޝަންސް އޮތޯރިޓީގައި މިއަދު ޕޯޓަލް އިފްތިތާހުކޮށް ދިނުމަށްފަހު، ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން، މިނިސްޓަރު ފައްޔާޒް ވިދާޅުވީ، ބިދޭސީންގެ ކަންތަށް ބެލެހެއްޓުމަށް ކުރަމުންދާ މަސައްކަތަށް ހަރަހެރި ޕޯޓަލްގެ ސަބަބުން ޖުމްލަ ހައްލެއް ލިބިގެންދާނެ ކަމަށް ގަބޫލު ކުރެވޭ ކަމަށެވެ.

ހަރަހެރި އަކީ ރަށު ކައުންސިލްތަކުން ބަލަހައްޓާ ގޮތަށް ފަރުމާކޮށްފައިވާ ޕޯޓަލް އެކެވެ. އެގޮތުން އެރަށެއްގެ އުޅޭ ބިދޭސީން ޕޯޓަލްގައި ރަޖިސްޓްރީ ކުރުމަކީ ކައުންސިލްގެ ޒިންމާއެކެވެ. ރަޖިސްޓްރީ ކުރާއިރު ބިދޭސީ މިހާގެ ވަނަވަރުގެ އިތުރުން އެ ބިދޭސީ މީހަކާއި ހަވާލުވެ ހުންނަވާ ދިވެހި މީހާގެވެސް މައުލޫމާތު ހިމަނަންޖެހެއެވެ.

ބިދޭސީންގެ ރާއްޖޭގައި ކުރަމުންދާ މަސައްކަތާއި ގުޅިގެން ކަންބޮޑުވުން ތަކެއް އެބަހުރި ކަމައް މިނިސްޓަރު ފައްޔާޒް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، ބިދޭސީން ރައްޖޭގައި މަސައްކަތް ކުރާ މައްސަލަ ހައްލު ކުރަން ތަފާތު ތިން ގޮތަކަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އެއީ މިހާރު މިއޮތް ރާއްޖޭގެ އިގްތިސާދަށް ލޮޅުން ނާރާނެ ގޮތަކަށް ބަލައިގެންނާއި، ބިދޭސީންގެ ސަބަބުން ރާއްޖޭގެ އިޤްތިސާދަށް ލޮޅުން ނާންނާނެ ގޮތަކަށާއި، ވިޔަފާރިތަކަށް ދަތި ނުވާނެހެން ކަންކަން ރާވައިގެން ކަމަށެވެ.

ފައްޔާޒް ވިދާޅުވީ، ވޭތުވެދިޔަ ސަރުކާރުން ފިހާރަތަކުގެ ކޭޝިއަރު ކަމަށް ބިދޭސީން ނުބެހެއްޓޭނެ ގޮތަކަށް އިސްލާހުކުރި ކަމަށެވެ. ނަމަވެސް އެ އިސްލާހަށް އަމަލުކުރަން ފެށި ހިސާބުން ގިނަ ފިހާރަތަށް ހުންނަނީ ދެ ދުވަހުން އެއް ދުވަހު ބަންދު ކޮށްފައި ކަމަށެވެ. އަދި ބައެއް ވިޔަފާރިތައް ބަގުރޫޓްވެގެން ދިޔަ ކަމަށެވެ.

ރާއްޖޭގައި ބިދޭސީން ވިޔަފާރިކުރަމުންދާ ކަމަށް ބުނެ އަމާޒުވާ ފާޑު ކިޔުންތަކަށް ރައްދު ދެއްވާ ފައްޔާޒް ވިދާޅުވީ، މިއަދާ ހަމައަށް އެކަން ފޯރައިފައިވަނީ ޒަމާނުއްސުރެ އެމައްސަލައަށް ހައްލު ހޯދަން ނޫޅުމުން ކަމަށެވެ. މިނިސްޓަރު ވިދާޅުވީ، ބިދޭސީމީހާ ވިޔަފާރިތައް ހިންގަނީ ދިވެއްސެއްގެ ނަންމަތީގައި ކަމަށްވުމުން، ގާނޫނީ ގޮތުން އެއީ ބިދޭސީން ހިންގާ ވިޔަފާރިއަކަށް ބެލެވޭނެ ގޮތެއް ނެތް ކަމަށެވެ.

ދިމާވެފައިވާ ބިދޭސީންގެ މައްސަލަ އެއްކޮށް ހައްލުކުރުމަށް އިކޮނޮމިކް މިނިސްޓްރީން މިހާރު ކުރަމުންދާ މަސައްކަތުގައި ވިޔަފާރިވެރިންނަށް ގެއްލުންތަކެއްވާނެ ކަމަށްވެސް ފައްޔާޒް ވިދާޅުވި އެވެ. އިތުރުން ވިދާޅުވީ ބިދޭސީންގެ މައްސަލަ އެއްކޮށް ހައްލު ކުރެވޭ މާސްޓަރ ޕްލޭން ތައްޔާރުކޮށް ނިމުމުން، ބިދޭސީން ކުރާ ވިޔަފާރިތަކަށާއި، ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަތަށް ވަރަށް ބޮޑުތަން ހައްލުކުރެވިގެންދާނެ ކަމަށެވެ.

The post ބިދޭސީންގެ ދަފުތަރު ބެލެހެއްޓުމަށްޓަކައި، ލޭބަރ ރިލޭޝަންސް އޮތޯރިޓީއިން ”ހަރަހެރި“ ގެ ނަމުގައި ޕޯޓަލްއެއް އިފްތިތާޙްކޮށްފި appeared first on Labour Relations Authority.