ސުވާލާއި ޖަވާބު

ނަތީޖާ : ރަމަޟާން

ރަމަޟާންމަހުގެ ޢިނާޔަތް ޙައްޤުވަނީ ކޮންބަޔަކަށް؟

ރަމަޟާންމަސް ފެށޭއިރު ވަޒީފާގައި ތިބޭ ހުރިހާ ދިވެހި މުވައްޒަފުންނަށް ރަމަޟާންމަހުގެ ޢިނާޔަތް ޙައްޤުވާނެ.

ރަމަޟާން މަހުގެ ޢިނާޔަތުގެ ގޮތުގައި ދޭންޖެހެނީ ކިހާވަރެއް؟

މަދުވެގެން -/3،000 ރުފިޔާ.

ރަމަޟާންމަހުގެ ޢިނާޔަތް މުވައްޒަފުންނަށް ދޭންޖެހެނީ ކޮންއިރަކުންތޯ؟

އެ އަހަރެއްގެ ރަމަޟާންމަސް ފެށުމުގެ ކުރިން.

ރަމަޟާންމަހުގެ ޢިނާޔަތް ނުލިބޭނަމަ، ޢަމަލުކުރާނީ ކިހިނެތް؟

ރަމަޟާންމަސް ފެށޭއިރު، ރަމަޟާންމަހުގެ ޢިނާޔަތް ލިބިފައިނުވާނަަމަ، އެކަމުގެ ޝަކުވާ މި އޮތޯރިޓީއަށް ހުށަހަޅުއްވާ.

ވަގުތީ މުވައްޒަފުންނަށް ރަމަޟާންމަހުގެ ޢިނާޔަތް ޙައްޤުވާނެތޯ؟

ވަގުތީ މުވައްޒަފުންވެސް، ރަމަޟާންމަސް ފެށޭއިރު ވަޒީފާގައި ތިބިނަމަ، ރަމަޟާންމަހުގެ ޢިނާޔަތް ހައްޤުވާނެ.

ރަމަޟާންމަހުގެ ޢިނާޔަތް ދޭންނުޖެހޭ ވަަޒީފާއެއް ނުވަތަ މަޤާމެއް ހުންނާނެތޯ؟

އަދާކުރާ ވަޒީފާއަށް ނުވަތަ މަޤާމަށް ބެލުމެއްނެތި، ރަމަޟާންމަސް ފެށޭއިރު ވަޒީފާއަދާކުރާ ހުރިހާ ދިވެހި މުވައްޒަފުންނަށްވެސް ރަމަޟާންމަހުގެ ޢިނާޔަތް ދޭންވާނެ.

ރަމަޟާން މަހުގެ ޢިނާޔަތް ޙައްޤުވަނީ ވަކި މުއްދަތަކު ވަޒީފާގައި ހުރުމުންތޯ؟

ނޫން، ރަމަޟާން މަހުގެ އިނާޔަތް ދިނުމުގައި ވަޒީފާގެ މުއްދަތަށް ބެލުމެއް ނުވޭ.

ވަގުތީ މުއްދަތު (ޕްރޮބޭޝަން) ގައި ތިބޭ މުވައްޒަފުންނަށް ރަމަޟާން މަހުގެ ޢިނާޔަތް ޙައްޤުވާނެތޯ؟

ޕްރޮބޭޝަން މުއްދަތުގައި ތިބޭ މުވައްޒަފުނަށްވެސް ރަމަޟާންމަހުގެ ޢިނާޔަތް ޙައްޤުވާނެ.

ރަމަޟާންމަހުގެ ޢިނާޔަތް ޙައްޤުވަނީ ހަމައެކަނި ސަރުކާރު / ސިވިލް ސަރވިސް މުވައްޒަފުންނަށްތޯ؟

ނޫން، މިއީ ޕްރައިވެޓް އަދި ޕަބްލިކް ސެކްޓަރގައި މަސައްކަތްކުރާ އެންމެހާ ދިވެހި މުވައްޒިފުނަށް ދޭން ލާޒިމް  އިނާޔަތެއް.

އަހަރީ ޗުއްޓީގައި ތިބޭ މުވައްޒަފުންނަށް ރަމަޟާންމަހުގެ ޢިނާޔަތް ޙައްޤުވާނެތޯ؟

އަހަރީ ޗުއްޓީގައި ތިބޭ މުވައްޒަފުނަށްވެސް ރަމަޟާން މަހުގެ އިނާޔަތް ޙައްޤުވާނެ.

1 2