ސުވާލާއި ޖަވާބު

ނަތީޖާ : ރަމަޟާން

ރަމަޟާންމަހު އެންމެ ގިނަވެގެން މުވައްޒަފަކު ލައްވާ މަސައްކަތް ކުރެވޭނީ ކިތައް ގަޑިއިރު؟

ޤާނޫނުގައި ރަމަޟާންމަހަށް ހާއްސަ އެފަދަ ވަގުތެއް ބަޔާންކޮށްފައެއް ނުވޭ.

ވިހެއުމުގެ ޗުއްޓީގައި ތިބޭ މުވައްޒަފުންނަށް ރަމަޟާން މަހުގެ ޢިނާޔަތް ޙައްޤުވާނެތޯ؟

ވިހެއުމުގެ ޗުއްޓީގައި ތިބޭ މުވައްޒަފުނަށްވެސް ރަމަޟާން މަހުގެ އިނާޔަތް ޙައްޤުވާނެ.

ރަމަޟާންމަހުގެ ޢިނާޔަތް ބިދޭސީނަށް ހައްޤުވާނެތަ؟

ވަޒީފާދޭ ފަރާތަށް ލިބިގެންވާ އިޙްތިޔާރުގެ ދަށުން ވަޒީފާ އަދާ ކުރާ ބިދޭސީ މުސްލިމް މުވައްޒަފުންނަށް ރަމަޟާންމަހުގެ ޢިނާޔަތް ދޭނަމަ، ރަމަޟާންމަހުގެ ޢިނާޔަތުގެ ގޮތުގައި -/3,000 ރުފިޔާ ދޭންވާނެއެވެ.

1 2