ބައިނަލްއަގުވާމީ މަސައްކަތްތެރިންގެ ދުވަސް ފާހަގަކުރުމަށްޓަކައި މިނިސްޓްރީތަކާއި ސަރުކާރު އިދާރާތަކުން ކުރިޔަށް ގެންދިޔަ ހާއްސަ ހަރަކާތްތަކުގައި މި އޮތޯރިޓީން ބައިވެރިވެއްޖެ.
“މޭ ޑޭ” ފާހަގަ ކުރުމަށްޓަކައި އެކި މުއައްސަސާތަކާއި ގުޅިގެން ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔަތާ ބެހޭ ވުޒާރާއިން އިންތިޒާމުކޮށްގެން ހާއްސަ ހަރަކާތްތަކުގައި ލޭބަރ ރިލޭޝަންސް އޮތޯރިޓީން ބައްވެރިވެއްޖެއެވެ. މި އޮތޯރިޓީއިން ވަނީ ބައިނަލްއަގުވާމީ މަސައްކަތްތެރިންގެ ދުވަހާއި ގުޅިގެން ކުރިޔަށް ދިޔަ ބޮޑު ހިނގާލުމުގައި ބައިވެރިވެފައެވެ. މި ހިނގާލުމުގައި ސަރުކާރު މުއައްސަސާތަކާއި މިނިސްޓްރީތަކުގެ އިސް ބޭފުޅުން އަދި މިމުއައްސަސާތަކާއި މިނިސްޓްރީތަކުގެ ގިނަ އަދަދެއްގެ މުވައްޒަފުން ބައިވެރިވިއެވެ. ހިނގާލުމުގެ އިތުރުން ރަސްފަނުގައި ކުރިޔަށް ދިޔަ މައުރަޒުގައި ވެސް މިއޮތޯރިޓީއިން ބައިވެރިވެފައިވެއެވެ. … Read more