ސުވާލާއި ޖަވާބު

ސ. އަހަރީ ޗުއްޓީ ގުނާނީ ރަސްމީ ބަންދު ދުވަސް ހިމަނައިގެންތަ؟

ޖ. އަހަރީ ޗުއްޓީގެ 30 ދުވަސް ގުނާނީ ރަސްމީ ބަންދު ދުވަސްތައް ނުހިމަނާއެވެ.

ސ. ރަމަޟާންމަހުގެ ޢިނާޔަތް ދޭންޖެހެނީ ކޮންއިރަކުން؟

ޖ. ރަމަޟާން މަސް ފެށުމުގެ ކުރިންނެވެ.

ސ. މަސައްކަތް ކުރާ ގަޑީގައި ކެއުމަށް ހުސް ވަގުތު ލިބޭނެތަ؟

ޖ.  ކެއުމަށް މަދުވެގެން 30 މިނެޓްގެ ވަގުތެއް ނުދީ މެދުކެނޑުމެއްނެތި ފަސްގަޑިއިރަށްވުރެ އިތުރަށް މުވައްޒަފުން ލައްވާ މަސައްކަތް ކުރުވައިގެން ނުވާނެއެވެ.

ސ. މުސާރަދޭއިރު މުސާރައިގެ ބަޔާނެއް ލިބޭނެތަ؟

ޖ. މުވައްޒަފުންނަށް މުސާރަ ދޭއިރު، އެމުސާރަޔާއެކު، މުސާރައިގެ ބަޔާނެއް ވަޒީފާދޭ ފަރާތުން، ދޭންވާނެ ނުވަތަ މުސާރައިގެ ބަޔާނުގައި ހުންނަންވާނެ ކަމަށް ބަޔާން ކޮށްފައިވާ މަޢުލޫމާތު ހިމެނޭގޮތަށް ތައްޔާރުކޮށްފައި އޮންނަ މުސާރައިގެ ދަފްތަރެއްގައި، މުސާރަ ލިބޭ ވަގުތު ސޮއިކުރާގޮތަށްވެސް ހަމަޖެއްސިދާނެ.

ސ. މުވައްޒަފުންނަށް ސަރވިސް ޗާޖުން ލިބެންޖެހެނީ ކިހާވަރެއް؟

ޖ. މަދުވެގެން 99 އިންސައްތައެވެ.

ސ. ވަޒީފާގައި އުޅޭއިރު ދިމާވާ މައްސަލަ ފުރަތަމަ ހުށަހަޅާނީ ކޮންތާކަށް؟

ޖ. ލޭބަރ ރިލޭޝަންސް އޮތޯރީޓީއަށެވެ.

ސ. ރަމަޟާންމަހުގެ ޢިނާޔަތް ބިދޭސީނަށް ހައްޤުވާނެތަ؟

ޖ. ވަޒީފާދޭ ފަރާތަށް ލިބިގެންވާ އިޙްތިޔާރުގެ ދަށުން ޕަބްލިކް އަދި ޕްރައިވެޓް ސެކްޓަރ ގައި ވަޒީފާ އަދާ ކުރާ ބިދޭސީ މުސްލިމް މުވައްޒަފުންނަށް ރަމަޟާންމަހުގެ ޢިނާޔަތް ދޭނަމަ، ރަމަޟާންމަހުގެ ޢިނާޔަތުގެ ގޮތުގައި -/3,000 ރުފިޔާ ދޭންވާނެއެވެ.

ސ. މުވައްޒަފަކު ވިހެއުމާއި ގުޅިގެން މުސާރަ ލިބޭ ގޮތަށް ޗުއްޓީގެ ގޮތުގައި ދޭންޖެހެނީ ކިތަށް ދުވަސް؟

ޖ. މުވައްޒަފަކު ވިހެއުމާއި ގުޅިގެން 60 ދުވަހުގެ ޗުއްޓީއެއް މުސާރަ ލިބޭ ގޮތަށް ދޭންވާނެއެވެ.

ސ. އަހަރީ ޗުއްޓީ ހައްޤުވަނީ ވަޒީފާ އަދާކުރާތާ އަހަރުވުމުން ތޯ ނުވަތަ ވަޒީފާގެ ފުރަތަމަ އަހަރުތޯ؟

ޖ. އަހަރީ ޗުއްޓީ ހައްޤުވާނީ ވަޒީފާ އަދާކުރާތާ އަހަރުވުމުންނެވެ.

ސ. ވަޒީފާގައި ކުޑަކުދިން ގެންގުޅެވޭނެ އެންމެ ހަގު އުމުރަކީ ކޮބާތޯ؟

ޖ. ވަޒީފާގައި ކުޑަކުދިން ގެނގުޅެވޭނެ އެންމެ ހަގު އުމުރަކީ 16 އަހަރެވެ.

1 2