ވަޒީފާއާބެހޭ ޤާނޫނާއި އެ ޤާނޫނުގެ ދަށުން ހެދޭ ގަވައިދުތަކުގައިވާ ކަންތައްތައް ރަނގަޅަށް ތަންފީޒު ކުރެވިފައިވޭތޯ ކަށަވަރުކުރުމުގެ ގޮތުން، މަސައްކަތްކުރާތަން ބެލުމާއި، އެތަނުގެ މީހުންނާ ސުވާލުކުރުމާއި، އިންސްޕެކްޝަނުގައި ފާހަގަ ކުރެވޭ ކަންކަން އިސްލާހުކުރުމަށް އެފަރާތްތަކަށް އަންގާ، ކަންކަން އިސްލާހުކުރުމަށް ލަފާދިނުން.
ވަޒީފާ އަދާކުރާއިރު ދިމާވާ މައްސަލަތަކާ ގުޅޭގޮތުން އެކިއެކި ފަރާތްތަކުން ހުށަހަޅާ މައްސަލަތައް ބަލާ އެމައްސަލަތަކާ ގުޅިގެން އިޞްލާޙު ކުރުމަށް އެންގިފައިވާ ކަންތައްތައް ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި އިޞްލާޙު ނުކޮށްފިނަމަ، ކަނޑައެޅިފައިވާ އުޞޫލެއްގެ މަތިން އެފަރާތްތަކަށް ފިޔަވަޅު އެޅުމާއި ވަޒީފާ އަދާކުރާއިރު ދިމާވާ މައްސަލަތަކާ ގުޅޭގޮތުން އެކިއެކި ފަރާތްތަކުން ހުށަހަޅާ މައްސަލަތަކުގައި މީޑިއޭޓްކުރުމާއި ވަޒީފާ ދޭ ފަރާތާއި، ވަޒީފާ އަދާކުރާފަރާތާއި ދެމެދުގައިޖެހޭ މައްސަލަތަކަށް އަވަސް އަދި ޞުލްޙަވެރި ހައްލެއް ހޯދައިދެވޭނެ ގޮތްތައް ރާވައި ހިންގުމާއި ވަޒީފާއާބޭހޭ ޤާނޫނާއި، އެޤާނޫނުގެ ދަށުން ހެދޭ ޤަވާޢިދުތަކުގައި ހިމެނިގެންނުވާ ކަންތައްތަކާ ގުޅޭގޮތުން ދިމާވާ އެކިއެކި މައްސަލަތާކާއި، އެފަދަ ކަންކަމުގައި ނަހަމަގޮތުގައި ފައިދާ ނަގާނަމަ، އެކަންކަން މިނިސްޓަރަށް އެންގުން އަދި ވަޒީފާދޭ ފަރާތްތަކާއި ވަޒީފާއަދާކުރާ ފަރާތްތަކާ ދެމެދު މުޢާމަލާތުކުރުމުގައި ޢަމަލުކުރާނެ ގަވާއިދުތައް ހެދުން.