އަމާޒާއި ތަޞައްވުރު އަދި މަސައްކަތް

އަމާޒު

ވަޒީފާއާބެހޭ ޤާނޫނާއި، އެޤާނޫނުގެ ދަށުން ހެދޭ ގަވައިދުތަކަށް މީހުން ހޭލުންތެރިކޮށް، ވަޒީފާދޭ ފަރާތްތަކާއި ވަޒީފާއަދާކުރާ ފަރާތްތަކަށް ބޭނުންވާ ފަންނީ މަޢުލޫމާތާއި ލަފާދީގެން، ވަޒީފާގެ ބާޒާރުގައި ދިވެހިންނަށް ފުރުޞަތު ތަނަވަސް ކޮށްދިނުން.

ތަޞައްވުރު

ދިވެހިރާއްޖޭގައި ވަޒީފާއާބެހޭ  އަސާސީ އުސޫލުތައް ކަނޑައަޅައި، އަދި ވަޒީފާދޭ ފަރާތްތަކާއި ވަޒީފާއަދާކުރާ ފަރާތްތަކުގެ ޙައްޤުތަކާއި ޒިންމާތައް ކަނޑައަޅައި، އެ ޙައްޤުތައް ޙިމާޔަތްކޮށް ދިނުން.

މަސައްކަތް

  1. ވަޒީފާއާބެހޭ ޤާނޫނު (2/2008) އާއި އެޤާނޫނުގެ ދަށުން ހެދޭ ގަވައިދުތަކަށް ވަޒީފާދޭ ފަރާތްތަކުންނާއި ވަޒީފާއަދާކުރާ ފަރާތްތަކުން އަމަލުކުރަމުންދޭތޯ ބަލައި، އެކަންކަން ތަންފީޒުކުރުމަށްޓަކައި އިދާރީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުން.
  2. ވަޒީފާއާބެހޭ ޤާނޫނު (2/2008) އާއި އެޤާނޫނުގެ ދަށުން ހެދޭ ގަވައިދުތަކަށް އެންމެ އެކަށީގެންވާ ގޮތުގައި ހޭލުންތެރިކަން އިތުރުކުރުން.
  3. ވަޒީފާދޭ ފަރާތްތަކާއި ވަޒީފާއަދާކުރާ ފަރާތްތަކަށް ބޭނުންވާ ފަންނީ މަޢުލޫމާތާއި ލަފާދިނުން.
  4. ވަޒީފާއާބެހޭ ޤާނޫނު (2/2008) އާއި އެޤާނޫނުގެ ދަށުން ހެދޭ ގަވައިދުތަކުގައި ހިމެނިގެންނުވާ ކަންތައްތަކާ ގުޅޭގޮތުން ދިމާވާ އެކިއެކި މައްސަލަތަކާއި، އެފަދަ ކަންކަމުން ނަހަމަގޮތުގައި ފައިދާ ނަގާނަމަ، އެކަންކަން މިނިސްޓަރަށް އެންގުން.
  5. ވަޒީފާދޭ ފަރާތްތަކާއި ވަޒީފާއަދާކުރާ ފަރާތްތަކާ ދެމެދު މުޢާމަލާތުކުރުމުގައި ޢަމަލުކުރާނެ ގަވައިދުތައް ހެދުން.
  6. ވަޒީފާއާބެހޭ ޤާނޫނު (2/2008) އާއި އެޤާނޫނުގެ ދަށުން ހެދޭ ގަވައިދުތަކުގައިވާ ކަންކަން ރަނގަޅަށް ތަންފީޒުކުރެވެމުންދޭތޯ ކަށަވަރުކުރުމުގެ ގޮތުން،މަސައްކަތްކުރާ ތަންތަން ދޭތެރެދޭތެރެއިން ބަލައި ޗެކްކުރުން.
  7. ވަޒީފާދޭ ފަރާތާއި، ވަޒީފާއަދާކުރާ ފަރާތާއި ދެމެދުގައިޖެހޭ މައްސަލަތަކަށް އަވަސް އަދި ޞުލްޙަވެރި ހައްލެއް ހޯދައިދެވޭނެ ގޮތްތައް ރާވައި ހިންގުން.
  8. ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންގެ ވަޒީފާއާއި މަސައްކަތާ ގުޅުން ހުރި ކަންކަން ބަލައި މޮނިޓަރ ކުރުން.
  9. މަސައްކަތްތެރިންގެ ޖަމްޢިއްޔާތަކާއި، ވަޒީފާދޭ ފަރާތްތަކުގެ ޖަމްޢިއްޔާތަކާގުޅޭ މުޢާމަލާތުތައް ކުރުން.
  10. ލޭބަރ ރިލޭޝަންސް އޮތޯރިޓީއާ ގުޅުން ހުރި ކަންކަމުގައި ރާއްޖެއާއި ރާއްޖެއިން ބޭރުގެ ފަރާތްތަކާ މުޢާމަލާތުކުރުން.