ލޭބަރ ރިލޭޝަންޝް އޮތޯރިޓީގެ މަސައްކަތްތަކާ ގުޅޭގޮތުން މައުލޫމާތު ދިނުމަށް ޕީ.އެސް.އެމް ގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ބައިވެރިވެއްޖެ

މިވަގުތު މި އޮތޯރިޓީން ކުރަމުންގެންދާ މަސައްކަތްތަކާއި ގުޅޭގޮތުން މައުލޫމާތު ދިނުމަށް ޕީ.އެސް.އެމް ގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ބައިވެރިވެއްޖެ އެވެ. މި ޕްރޮގްރާމަގައި ބައިވެރިވެ ވަޑައިގެންފައި ވަނީ މި އޮތޯރިޓީގެ ޑިރެކްޓަރ ޖެނެރަލް އަޙުމަދު މިޒުހަތު ނައީމް އަދި ލީގަލް އޮފިސަރ ސާއިފް ޢަލީއެވެ. މިގޮތުން މި އޮތޯރިޓީން ކުރަމުންގެންދާ މަސައްކަތް ތަކުގެ ތެރޭގައި ވަޒީފާއާބެހޭ ޤާނޫނާއި މި ޤާނޫނުގެ ދަށުން ހެދޭ ގަވާއިދުތަކަށް އަމަލު ކުރަމުންދޭތޯ ކަށަވަރު ކުރުމުގެ ގޮތުން ދޭތެރެ ދޭތެރެއިން މަސައްކަތް ކުރާ ތަންތަން ބަލައި ޗެކްކުރުމާއި، ވަޒީފާއާބެހޭ ޤާނޫނާއި  މި ޤާނޫނާގެ ދަށުންހެދޭ ގަވާއިދުތައް ތަންފީޒު ކުރުމަށް އިދާރީ ގޮތުން އަޅަަންޖެހޭ ފިޔަވަޅުތައް އެޅުމާއި، އަދި ބިދޭސީން ގެންގުޅެމުންދާ ފަރާތްތަކުން ހުށަހަޅާ މައްސަލަތަކުގައި ދެފަރާތުގެ ދެމެދުގައި މީޑިއޭޓްކޮށް އެ މައްސަލަތަކަށް ހައްލު ހޯދައިދިނުން ފަދަ މުހިއްމު މަަސައްކަތްތަކާ ގުޅޭ ގޮތުން މައުލޫމާތު ހިއްސާކޮށްފައިވެއެވެ.

 

މީގެ އިތުރުން، މި ޕްރޮގްރާމްގައި ބައިނަލް އަޤުވާމީ މަސައްކަތްތެރިންގެ ދުވަހާ ގުޅިގެން ކުރިއަށް ގެންދިޔުމަށް ރާވާފައިވާ ހަރަަކާތް ތަކާއި ގުޅިގެންވެސް މައުލޫމާތު ހިއްސާކޮށްފައިވެއެވެ. އެގޮތުން، އެކި ޓީވީ ޕްރޮގްރާމްތަކުގައި ލޭބަރ ރިލޭޝަންސް އޮތޯރިޓީގެ އޮފިސަރުން ކުރިއަށް އޮތް ދުވަސްތަކުގައި ބައިވެރިވުމަށް ހަމަޖެހިފައިވެއެވެ. އަދި، މަސައްކަތްތެރިންގެ ދުވަސް ކަމަށްވާ 01 މޭ 2025 ވާ ބުރާސްފަތި ދުވަހު، ޚާއްސަ ޕެނަލް ޑިސްކަޝަނެއް އިންތިޒާމްކުރެވިފައިވެއެވެ. މި މަޢުލޫމާތުތައް ލޭބަރ ރިލޭޝަންސް އޮތޯރިޓީގެ ސޯޝަލް މީޑިއާގެ ވަސީލަތްތައް މެދުވެރިކޮށް ހިއްސާކުރަމުންދާނެއެވެ.