މަޢުލޫމާތު ހޯދައި ލިބިގަތުން

މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގެ ދަށުން މަޢުލޫމާތަށް އެދި ހުށަހަޅާނީ މަހޯލި ޕޯޓަލްގެ ޒަރިއްޔާއިން، އޮފީހުގެ އިންފޮމޭޝަން އޮފިސަރަށެވެ.

މި ޤާނޫނުގެ 6 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކަންކަން ފުރިހަމަވާގޮތަށް ހުށަހަޅާ ހުށަހެޅުންތަކަށް އެންމެ ލަސްވެގެން 21 (އެކާވީސް) ދުވަހުގެ ތެރޭގައި މަޢުލޫމާތު ދޫކުރާނެއެވެ. އެހެންނަމަވެސް، އެ ޤާނޫނުގެ 7 ވަނަ މާއްދާގެ (ނ) ގައި ބަޔާންކުރާ ސަބަބަކަށްޓަކައި، އެ މުއްދަތު އިތުރު 14 (ސާދަ) ދުވަހަށް އިތުރުކުރެވިދާނެއެވެ. އަދި އެ ޤާނޫނުގެ 13 ވަނަ މާއްދާއާއި 14 ވަނަ މާއްދާގައި ބަޔާންކުރާ ފަދަ ޙާލަތެއް މެދުވެރިވެއްޖެނަމަ ނުވަތަ އެ ޤާނޫނުގެ ހަތްވަނަ ބާބުގައި ބަޔާންކުރާފަދަ ޙާލަތެއްގައި، މަޢުލޫމާތު ދިނުން ފަސްކުރުން ނުވަތަ އިންކާރުކުރުމުގެ އިޚްތިޔާރު މިއޮތޯރިޓީއަށް ލިބިގެންވެއެވެ.

އިންފޮމޭޝަން އޮފިސަރ

އަލްފާޟިލް ޢަބްދުﷲ ޖައިލަމް

އޮޑިޓަރ

(960) 333 9135

abdulla.jailam@lra.gov.mv

މުރާޖަޢާ ކޮމިޓީ

މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގެ ދަށުން ހުށަހެޅޭ ހުށަހެޅުންތަކާ ގުޅިގެން އިންފޮމޭޝަން އޮފިސަރުގެ ނިންމުމާމެދު ހިތްހަމަނުޖެހޭ ފަރާތްތަކުން އެކަން އަލުން މުރާޖަޢާ ކޮށްދިނުމަށް އެދި އެ ނިންމުމެއް ނިންމާ ތާރީޚުން ފެށިގެން އެކަމުގެ ޝަކުވާ 30 (ތިރީސް) ދުވަހުގެ ތެރޭގައި ލިޔުމުން މި އޮތޯރިޓީގެ މުރާޖަޢާ ކޮމިޓީއަށް ހުށަހެޅިދާނެއެވެ. އާންމު އުޞޫލެއްގެ ގޮތުން، މިގޮތަށް ހުށަހެޅޭ ޝަކުވާ 30 (ތިރީސް) ދުވަހުގެ ތެރޭގައި މި ކޮމިޓީން ބަލައި ނިންމަންވާނެއެވެ.

މުރާޖަޢާ ކޮށްދިނުމަށްއެދި ހުށަހެޅޭނީ މަހޯލި ޕޯޓަލްގެ ޒަރިއްޔާއިންނެވެ.