އައްޑޫ ސިޓީގައި ހިންގާ ވިޔަފާރިތައް އިންސްޕެކްޓްކުރުމަށް، މި މަހުގެ 14 ވަނަ ދުވަހުން 18 ވަނަ ދުވަހުގެ ނިޔަލަށް މި އޮތޯރިޓީން ވަނީ އެ އަތޮޅަށް ދަތުރެއް ކޮށްފައެވެ. މި ދަތުރުގައި އެ އަތޮޅުގެ ގިނަ ރަށްތަކާއި، ރިސޯޓްތަކުގައި ވަޒީފާއާބެހޭ ޤާނޫނާއި، އެ ޤާނޫނުގެ ދަށުން ހެދިފައިވާ ގަވާއިދުތަކުގައިވާ ކަންތައްތައް ރަނގަޅަށް ތަންފީޒު ކުރެވެމުންދޭތޯ ބަލައި ޗެކުކުރެވިފައިވެއެވެ. އަދި މި ދަތުރުގައި ވަޒީފާދޭ ފަރާތްތަކާއި، ވަޒިފާއަދާ ކުރާ ފަރާތްތަކަށް އަމާޒުކޮށްގެން ވަޒީފާއާބެހޭ ޤާނޫނަށާއި އެޤާނޫނުގެ ދަށުން ހެދިފައިވާ ޤަވާއިދުތަކަށް އަހުލުވެރިކުރުމަށް ޕްތޮގްރާމްތައްވެސް ކުރިއަށް ގެންގޮސްފައިވެއެވެ.
މި އޮތޯރިޓީން ކުރިއަށް ގެންދާ އިންސްޕެކްޝަންތަކަކީ ވަޒީފާއާބެހޭ ޤާނޫނުގެ 80 ވަނަ މާއްދާގެ ދަށުން، ލޭބަރ ރިލޭޝަންސް އޮތޯރިޓީން ދޭތެރެ ދޭތެރެއިން ކުރިއަށް ގެންދާ އިންސްޕެކްޝަންތަކެކެވެ.
