ވަޒީފާއާބެހޭ ޤާނޫނާއި، އެ ޤާނޫނުގެ ދަށުން ހެދިފައިވާ ގަވާއިދުތަކަށް ވަޒީފާދޭ ފަރާތްތަކުން ޢަމަލުކުރަމުންގެންދާ މިންވަރު ބެލުމަށް، މޭ މަހުގެ 09 ން 11 އަށް ކުރިއަށް ގެންދިޔަ އިންސްޕެކްޝަންސްތަކުގައި އެ އަތޮޅުގެ ދެ ރިސޯޓަކާއި، އެ އަތޮޅުގެ ކައްދޫއާއި، ހިތަދޫގައި ހިންގަމުންދާ ވިޔަފާރިތައް ވަނީ އިންސްޕެކްޓްކޮށްފައެވެ.
މީގެ އިތުރުން، ރީޖަނަލް އެއަރޕޯރޓްސް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާއި ގުޅިގެން، ލ. ކައްދޫގައި ވަޒީފާދީގެން މުވައްޒަފުން ގެންގުޅޭ ފަރާތްތަކަށް އަމާޒުކޮށް ވަޒީފާއާބެހޭ ޤާނޫނާއި، އެ ޤާނޫނުގެ ދަށުން ހެދިފައިވާ ގަވާއިދުތަކަށް އާންމުން ހޭލުންތެރިކުރުވައި އަދި ވަޒީފާދޭ ފަރާތްތަކަށް ބޭނުންވާ ފަންނީ ލަފަޔާއި މަޢުލޫމާތު ފޯރުކޮށްދިނުމަށް އެވެއަރނެސް ޕްރޮގްރާމެއް ވަނީ ހިންގާފައެވެ.
މި ފުރުޞަތުގައި، އެވެއަރނެސް ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ރީޖަނަލް އެއަރޕޯރޓްސްގެ ފަރާތުން ދެއްވި އެއްބާރުލުން ފާހަގަކޮށް، ރީޖަނަލް އެއަރޕޯރޓްސްގެ މެނޭޖްމެންޓަށް ލޭބަރ ރިލޭޝަންސް އޮތޯރިޓީގެ މެނޭޖްމެންޓުގެ ނަމުގައި ޝުކުރު ދަންނަވަމެވެ.