ށ. އަތޮޅާއި ނ. އަތޮޅުގައި ހިންގާ ރިސޯޓުތަކުގެ އިންސްޕެކްޝަނެއް ލޭބަރ ރިލޭޝަންސް އޮތޯރިޓީން ކުރިއަށް ގެންގޮސްފި

ށ. އަތޮޅާއި ނ. އަތޮޅުގައި ހިންގާ ޓޫރިސްޓު ރިސޯޓުތައް އިންސްޕެކްޓު ކުރުމަށާއި ވަޒީފާދޭ ފަރާތްތަކަށް ސާރވިސްޗާޖާބެހޭ ގަވާއިދާ ގުޅޭ މަޢުލޫމާތު ދިނުމަށާއި ޤާނޫނަށް އަހުލުވެރިކުރުމުގެ ޕްރޮގްރާމްތައް ހިންގުމަށް ލޭބަރ ރިލޭޝަންސް އޮތޯރިޓީގެ ޓީމެއް މާރިޗުމަހާއި ފެބުރުވަރީމަހު އެ ދެއަތޮޅަށް ދަތުރު ކޮށްފައިވެއެވެ. މިދަތުރުތަކުގައި، ށ. އަތޮޅުގައި ހިންގާ 2 ރިސޯޓަކާއި، ނ. އަތޮޅުގައި ހިންގާ 6 ރިސޯޓެއް އިންސްޕެކްޓްކޮށްފައިވެއެވެ. އެގޮތުން ވަޒީފާއާބެހޭ ޤާނޫނަށް ރިސޯޓުން އަމަލުކުރާ މިންވަރު ބެލުމުގެ އިތުރުން، ޤާނޫނަށް ރިސޯޓުގެ މެނޭޖްމަންޓުގެ ބޭފުޅުން އަހުލުވެރިކުރުވުމާއި، … Read more

ބ. އަތޮޅުގައި ހިންގާ ރިސޯޓުތައް ލޭބަރ ރިލޭޝަންސް އޮތޯރިޓީން އިންސްޕެކްޓްކޮށްފި

ބ. އަތޮޅުގައި ހިންގާ ޓޫރިސްޓު ރިސޯޓުތައް އިންސްޕެކްޓު ކުރުމަށާއި ވަޒީފާދޭ ފަރާތްތަކަށް ސާރވިސްޗާޖާބެހޭ ގަވާއިދާ ގުޅޭ މަޢުލޫމާތު ދިނުމަށާއި ޤާނޫނަށް އަހުލުވެރިކުރުމުގެ ޕްރޮގްރާމްތައް ހިންގުމަށް ލޭބަރ ރިލޭޝަންސް އޮތޯރިޓީގެ ޓީމެއް މާރިޗު މަހުގެ 3 އިން 8 އަށް އެއަތޮޅަށް ދަތުރެއް ކޮށްފައިވެއެވެ. މިއަތޮޅުގައި ހިންގަމުންދާ 17 ރިސޯޓެއް މިޓީމުގެ ފަރާތުން އިންސްޕެކްޓްކޮށްފައިވެއެވެ. އެގޮތުން ވަޒީފާއާބެހޭ ޤާނޫނަށް ރިސޯޓުން އަމަލުކުރާ މިންވަރު ބެލުމުގެ އިތުރުން، ޤާނޫނަށް ރިސޯޓުގެ މެނޭޖްމަންޓުގެ ބޭފުޅުން އަހުލުވެރިކުރުވުމާއި، ސަރވިސްޗާޖާ ގުޅޭ މަޢުލޫމާތު ހުށަހެޅުމަށް … Read more