ލޭބަރ ރިލޭޝަންސް އޮތޯރިޓީގެ ޚިދުމަތް އައްޑޫ ސިޓީގައި ފެށުމަށް ސިޓީ ކައުންސިލާއެކު އެމް.އޯ.ޔޫއެއްގައި ސޮއިކޮށްފި

ލޭބަރ ރިލޭޝަންސް އޮތޯރިޓީއަށް ހުށަހަޅޭ މައްސަލަތައް ގާތުން ބަލައި، އަވަސް ފިޔަވަޅުތައް އެޅޭނެ ނިޒާމެއް ޤާއިމްކުރުމުގެ ގޮތުން، މި އޮތޯރިޓީގެ ވަޒީފާއާބެހޭ އޮފިސަރުން އައްޑޫ ސިޓީގައި ބޭތިއްބުމަށް، ސިޓީ ކައުންސިލާއެކު މެމޮރަންޑަމް އޮފް އަންޑަސްޓޭންޑިންގ (އެމް.އޯ.ޔޫ) އެއްގައި މިއަދު ސޮއިކޮށްފިއެވެ. މިއަދު އައްޑޫ ސިޓީ ކައުންސިލުގައި ބޭއްވުނު ރަސްމިއްޔާތެއްގައި، މި އެމް.އޯ.ޔޫގައި ސޮއިކޮށްފައިވަނީ ސިޓީ ކައުންސިލުގެ ފަރާތުން، މޭޔަރ އަލްފާޟިލް ޢަލީ ނިޒާރު އަދި އެލް.އާރް.އޭގެ ފަރާތުން ސޮއިކޮށްފައިވަނީ، އޮތޯރިޓީގެ ޑިރެކްޓަރ ޖެނެރަލް އަލްފާޟިލް އަޙްމަދު މިޒުހަތު … Read more

ލޭބަރ ރިލޭޝަންސް އޮތޯރިޓީން އދ. އަތޮޅުގައި އިންސްޕެކްޝަންތަކެއް ކުރިއަށް ގެންގޮސްފި

ވަޒީފާއާބެހޭ ޤާނޫނާއި ޤާނޫނުގެ ދަށުން ހެދިފައިވާ ގަވާޢިދުތަކަށް ވަޒީފާދޭފަރާތްތަކުން އަމަލުކުރާ މިންވަރު ބެލުމަށް އިންސްޕެކްޝަންސްތައް ހިންގުމަށާއި، އެވެއަރނަސް ޕްރޮގްރާމްތައް ހިންގުމަށް، މި އޮތޯރިޓީން، އެޕްރީލް މަހުގެ 30 އިން މޭ މަހުގެ 18 އަށް އދ. އަތޮޅަށް ދަތުރުތަކެއް ކޮށްފައިވެއެވެ. އެގޮތުން އދ އަތޮޅުގައި ވަޒީފާދީގެން އެންމެ ގިނައިން މުވައްޒަފުން ގެންގުޅޭ ރަށްތަކުގެ ތެރެއިން ދަނގެތި، މަހިބަދޫ އަދި އޮމަދޫގައި ޖުމްލަ 180 އެތައް އިންސްޕެކްޝަނެއް މިއޮތޯރިޓީން ކޮށްފައިވެއެވެ. ވަޒީފާގައި މުވައްޒަފުން ގެންގުޅޭއިރު ފުރިހަމަކުރަންޖެހޭ ލިޔެކިޔުންތައް ފުރިހަމަކުރެވިފައި … Read more