ލޭބަރ ރިލޭޝަންސް އޮތޯރިޓީން، ތިލަދުންމަތީ އުތުރުބުރިއަށް އިންސްޕެކްޝަން އަދި އެވެއަރނެސްއާގުޅޭ ދަތުރެއް ކޮށްފި.

ވަޒީފާއާބެހޭ ޤާނޫނާއި، އެ ޤާނޫނުގެ ދަށުން ހެދިފައިވާ ގަވާއިދުތަކަށް ވަޒީފާދޭ ފަރާތްތަކުން ޢަމަލުކުރަމުންގެންދާ މިންވަރު ބެލުމަށް، ލޭބަރ ރިލޭޝަންސް އޮތޯރިޓީން ކޮންމެ އަހަރަކުވެސް ކުރިއަށް ގެންދާ އިންސްޕެކްޝަންސްގެ ތެރެއިން، ތިލަދުންމަތީ އުތުރުބުރިއަށް ދަތުރެއް ކޮށްފައިވެއެވެ. އެޕްރީލް 23 ވަނަ ދުވަހު ކުރިއަށް ގެންދިޔަ އިންސްޕެކްޝަންގައި އެ އަތޮޅުގެ ރިސޯޓެއް ވަނީ އިންސްޕެކްޓްކޮށްފައެވެ. މީގެ އިތުރުން، ތިލަދުންމަތީ އުތުރުބުރި ހޯރަފުށި ކައުންސިލާ ގުޅިގެން، އެ ރަށުގައި ވަޒީފާދީގެން މުވައްޒަފުން ގެންގުޅޭ ފަރާތްތަކަށް އަމާޒުކޮށް ވަޒީފާއާބެހޭ ޤާނޫނާއި، އެ ޤާނޫނުގެ … Read more

ޢާންމުން ވަޒީފާއާބެހޭ ޤާނޫނަށް އަހުލުވެރިކުރުވުމަށް މިއޮތޯރިޓީގެ މުވައްޒަފުން ތަފާތު އެކި ޓީ.ވީ ޗެނަލްތަކުގައި ބައިވެރިވެއްޖެ

ވަޒީފާއާބެހޭ ޤާނޫނާއި، އެ ޤާނޫނުގެ ދަށުން ހެދިފައިވާ ގަވާއިދުތަކަށް އާންމުން ހޭލުންތެރިކުރުމަށް މި ހިނގާ އެޕްރީލް މަހުގެ 27 ވަނަ ދުވަހާއި 28 ވަނަ ދުވަހު ތަފާތު އެކި ޓީ.ވީ ޗެނަލްތަކުގައި މިއޮތޯރިޓީގެ މުވައްޒަފުން ބައިވެރިވެއްޖެއެވެ. އެގޮތުން މި މަހު 27 ވަނަ ދުވަހު ސަންގު ޓީވީގެ ‘ފުރަމެންދުރު’ ޕްރޮގްރާމް ގައި ބައިވެރިވެ މަޢުލޫމާތު ދެއްވީ މިއޮތޯރިޓީގެ މީޑިއޭޝަން އޮފިސަރ އަލްއުސްތާޛާ މަރްޔަމް ރައުޟާއެވެ. ވަޒީފާއާބެހޭ ޤާނޫނަށް އާންމުން ހޭލުންތެރިކުރުމަށް ރައުޟާ މަޢުލޫމާތު ހިއްސާ ކުރެއްވީ މަސައްކަތްކުރާ … Read more

ލޭބަރ ރިލޭޝަންޝް އޮތޯރިޓީގެ މަސައްކަތްތަކާ ގުޅޭގޮތުން މަޢުލޫމާތު ދިނުމަށް ޕީ.އެސް.އެމް ގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ބައިވެރިވެއްޖެ

މިވަގުތު މި އޮތޯރިޓީން ކުރަމުންގެންދާ މަސައްކަތްތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމަށް ޕީ.އެސް.އެމް ގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ބައިވެރިވެއްޖެއެވެ. މި ޕްރޮގްރާމްގައި ބައިވެރިވެލައްވާފައި ވަނީ މި އޮތޯރިޓީގެ ޑިރެކްޓަރ ޖެނެރަލް އަޙުމަދު މިޒުހަތު ނަޢީމް އަދި ލީގަލް އޮފިސަރ ސާއިފް ޢަލީއެވެ. މިގޮތުން މި އޮތޯރިޓީން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރޭގައި، ވަޒީފާއާބެހޭ ޤާނޫނާއި މި ޤާނޫނުގެ ދަށުން ހެދޭ ގަވާއިދުތަކަށް އަމަލު ކުރަމުންދޭތޯ ކަށަވަރު ކުރުމުގެ ގޮތުން ދޭތެރެ ދޭތެރެއިން މަސައްކަތް ކުރާ ތަންތަން ބަލައި ޗެކްކުރުމާއި، … Read more