ތިލަދުންމަތީ ދެކުނުބުރީގެ ރިސޯޓުތަކާއި، ބައެއް ރަށްތައް އިންސްޕެކްޓް ކުރުމަށް ލޭބަރ ރިލޭޝަންސް އޮތޯރިޓީގެ ޓީމެއް އެ އަތޮޅަށް ދަތުރެއްކޮށްފި
ވަޒީފާއާބެހޭ ޤާނޫނާއި، އެ ޤާނޫނުގެ ދަށުން ހެދިފައިވާ ގަވާއިދުތަކަށް ވަޒީފާދޭ ފަރާތްތަކުން ޢަމަލުކުރަމުންގެންދާ މިންވަރު ބެލުމަށް، ވަޒީފާއާބެހޭ ޤާނޫނުގެ 77 ވަނަ މާއްދާ އިން ލޭބަރ ރިލޭޝަންސް އޮތޯރިޓީ އަށް މަތިކޮށްފައިވާ މަސްޢޫލިއްޔަތު ގައިވާ ގޮތުގެ މަތީން، މަސައްކަތްކުރާ ތަންތަން ބަލައި ޗެކްކުރުމަށް ތިލަދުންމަތީ ދެކުނުބުރީގެ ބައެއް ރިސޯރޓުތަކާއި ކުޅުދުއްފުށީ ގައި ހިންގާ ވިޔަފާރިތައް އިންސްޕެކްޓްކޮށްފިއެވެ. މި އިންސްޕެކްޝަން ކުރިއަށް ގެންދެވުނީ މޭ މަހުގެ 15 އިން 18 އަށެވެ. މީގެ އިތުރުން، ހދ. އަތޮޅު ކައުންސިލާއި … Read more