ފެބުރުވަރީ

ރޯދަމަހުގެ އިނާޔަތް

ރަމަޟާން މަހުގެ ޢިނާޔަތުގެ ގޮތުގައި ދޭންޖެހެނީ ކިހާވަރެއް؟

ރަމަޟާން މަހުގެ ޢިނާޔަތުގެ ގޮތުގައި ދޭންޖެހެނީ މަދުވެގެން -/3،000 ރުފިޔާއެވެ.

ރަމަޟާން މަހުގެ ޢިނާޔަތް ޙައްޤުވަނީ ވަކި މުއްދަތަކަށް ވަޒީފާ އަދާކުރުމުންތޯ؟

ނޫނެކެވެ. ވަޒީފާގެ މުއްދަތަށް ބެލުމެއްނެތި، ވަޒީފާ އަދާކުރާ ކޮންމެ ދިވެހި މުވައްޒަފަކަށް ރަމަޟާން މަހުގެ ޢިނާޔަތް ދޭންވާނެއެވެ.

މުސްލިމް ބިދޭސީ މުވައްޒަފުންނަށް ރަމަޟާން މަހުގެ ޢިނާޔަތް ދެވިދާނެތޯ؟ އަދި ދޭންޖެހޭ މިންވަރަކީ ކޮބައިތޯ؟

އެއީ ވަޒީފާ ދޭ ފަރާތުގެ އިޚްތިޔާރުގައިވާ ކަމެކެވެ. އެ އިޚްތިޔާރުގެ ދަށުން އިނާޔަތު ފައިސާ ދޭނަމަ، މަދުވެގެން -/3،000 ރުފިޔާ ދޭންވާނެއެވެ.

ވަގުތީ މުއްދަތު (ޕްރޮބޭޝަން) ގައި ތިބޭ މުވައްޒަފުންނަށް ރަމަޟާން މަހުގެ ޢިނާޔަތް ޙައްޤުވާނެ ހެއްޔެވެ؟

ޕްރޮބޭޝަން މުއްދަތުގައި ތިބޭ މުވައްޒަފުނަށްވެސް ރަމަޟާން މަހުގެ އިނާޔަތް ދިނުން ލާޒިމް ވާނެއެވެ.

ނޯޓިސް މުއްދަތުގައި ތިބޭ މުވައްޒަފުންނަށް ރަމަޟާން މަހުގެ ޢިނާޔަތް ޙައްޤުވާނެ ހެއްޔެވެ؟

ރަމަޟާން މަސް ފެށޭއިރު މުވައްޒަފު ނޯޓިސް މުއްދަތުގައި ހުރިނަމަވެސް މުވައްޒަފަށް ރަމަޟާން މަހުގެ އިނާޔަތް ދިނުން ލާޒިމް ވާނެއެވެ.

ވިހެއުމުގެ ޗުއްޓީގައި ހުންނަ މުވައްޒަފުންނަށް ރަމަޟާން މަހުގެ ޢިނާޔަތް ޙައްޤުވާނެ ހެއްޔެވެ؟

ވިހެއުމުގެ ޗުއްޓީގައި ހުންނަ މުވައްޒަފުންނަށް ރަމަޟާން މަހުގެ ޢިނާޔަތް ހައްޤުވާނެއެވެ.

ރަމަޟާން މަހުގެ ޢިނާޔަތް މުވައްޒަފުންނަށް ދޭންޖެހެނީ ކޮންއިރަކު ހެއްޔެވެ؟

އެ އަހަރެއްގެ ރަމަޟާން މަސް ފެށުމުގެ ކުރިންއެވެ.

ރަމަޟާން މަހުގައި، މުވައްޒަފުންނަށް ޙައްޤުވާ ސަރވިސްޗާޖު ދިނުމުގެ ބަދަލުގައި ރަމަޟާން މަހުގެ އިނާޔަތް އެކަނި މުވަޒަފުންނަށް ދެވިދާނެތޯ؟

ނޫނެކެވެ. ސަރވިސްޗާޖު އަދި ރަމަޟާން މަހުގެ އިނާޔަތަކީ ވަކި ދެއިނާތަކަށްވާތީ، ޤާނޫނުގައި ކަނޑައަޅާފައިވާ ގޮތުގެ މަތިން އެ އިނާޔަތްތައް މުވައްޒަފުންނަށް ދޭންވާނެއެވެ.