
އިންސްޕެކްޝަން ސެކްޝަން
ލޭބަރ ރިލޭޝަންސް އޮތޯރިޓީގެ އިންސްޕެކްޝަން ސެކްޝަންގެ ދައުރަކީ ކޮބާ؟
އިންސްޕެކްޝަން ސެކްޝަންގެ ދައުރަކީ ވަޒީފާއާބެހޭ ޤާނޫނުގެ 80 ވަނަ މާއްދާއިން ބާރުލިބިގެން ވަޒީފާއާބެހޭ ޤާނޫނާއި، އެ ޤާނޫނުގެ ދަށުން ހެދޭ ގަވާއިދުތަކުގައިވާ ކަންތައްތައް ރަނގަޅަށް ތަންފީޒު ކުރެވެމުންދޭތޯ ކަށަވަރުކުރުމުގެ ގޮތުން، މަސައްކަތްކުރާތަން ބެލުމާއި، އެތަނުގެ މީހުންނާ ސުވާލުކުރުމާއި، އިންސްޕެކްޝަނުގައި ފާހަގަ ކުރެވޭ ކަންކަން އިސްލާހުކުރުމަށް އެފަރާތްތަކަށް އަންގުމެވެ.
މި އޮތޯރިޓީގެ އިންސްޕެކްޝަންތަކަކީ ވަކި ދާއިރާއަކަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ އިންސްޕެކްޝަންސްތަކެއްތޯ؟
މި އޮތޯރިޓީގެ އިންސްޕެކްޝަންތަކަކީ، އެހެން ޤާނޫނެއްގެ ދަށުން އިސްތިސްނާ ކުރެވިފައިވާ ދާއިރާތަކާއި ފަރާތްތައް (ދިވެހި ފުލުހުންގެ ޚިދުމަތް، އެމްއެންޑީއެފް) ފިޔަވާ، ދައުލަތުން އަދި އަމިއްލަ ފަރާތްތަކުގެ ދާއިރާގައި ވަޒީފާދީގެން މުވައްޒަފުން ގެންގުޅޭ ކުދި ބޮޑު އެނެމެހައި ވިޔަފާރިތައް ހިމެނޭހެން ކުރިއަށް ގެންދާ އިންސްޕެކްޝަންސްތަކެކެވެ.
ވަޒީފާއާބެހޭ އޮފިސަރުންނަށް އެއްބާރުލުންނުދޭނަމަ އަދި ލޭބަރ ރިލޭޝަންސް އޮތޯރިޓީއިން އަންގާއެންގުންތަކަށް އެއްބާރުލުން ނުދޭނަމަ އެފަރާތަކަށް ޤާނޫނުން ކަނޑައެޅިފައިވާ އަދަބަކީ ކޮބާ؟
- -/500 ރުފިޔާއާ -/5000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުން.
- 01 އަހަރުދުވަހުގެ މުއްދަތަށް ޖަލަށްލުމާއެކު -/25000 (ފަންސަވީސް ހާސް) ރުފިޔާއަށްވުރެ ބޮޑުނޫން އަދަދަކުން ޖޫރިމަނާކުރުން.