ޖޫރިމަނާ ކޮމިޓީ
މިއީ، ވަޒީފާއާބެހޭ ޤާނޫނާއި، އެ ޤާނޫނުގެ ދަށުން ހެދިފައިވާ ގަވައިދުތަކުގެ ދަށުން ވަޒީފާ ދޭ ފަރާތްތައް ޖުރިމަނާ ކުރުމުގައި ގޮތް ކަނޑައެޅުމަށް އުފައްދާފައިވާ ކޮމިޓިއެކެވެ.
ޖިންސީ ފުރައްސަރާކުރުން ހުއްޓުވުމާބެހޭ ކޮމިޓީ
މި ކޮމިޓީއަކީ ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުމާ ބެހޭގޮތުން ހުށަހެޅޭ ޝަކުވާތައްބަލައި ތަޙްޤީޤްކޮށް ފިޔަވަޅު އެޅުމަށްޓަކައި މި އޮތޯރިޓީގައި އުފައްދާފައިވާ ކޮމިޓީއެކެވެ.
ބިޑް ކޮމިޓީ
މިއީ، ގަވާއިދު ނަންބަރު: R-20/2017 (ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު) ގެ ދަށުން އުފައްދާފައިވާ ކޮމިޓީއެކެވެ.
ޓްރެއިނިންގ ކޮމިޓީ
މިއީ މި އޮތޯރިޓީގެ މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ރަނގަޅުކޮށް، މުވައްޒަފުންނަށް ބޭނުންވާ ތަމްރީނުތައް ހޯދައިދިނުމުގެ މަސައްކަތްކުރުމަށް އުފައްދާފަވާ ކޮމިޓީއެކެވެ.
ލީގަލް ރިސަރޗް
މިއީ، ވަޒީފާއާބެހޭ ޤާނޫނާއި، އެ ޤާނޫނުގެ ދަށުން ހެދިފައިވާ ގަވައިދުތަކަށް ގެނެވޭ ބަދަލުތައއ ދިރާސާކޮށް، އަދި ވަޒީފާއާބެހޭ ޤާނޫނާއި، އެ ޤާނޫނުގެ ދަށުން ހެދިފައިވާ ގަވައިދުތަކަށަ ގެނަންޖެހޭ ބަދުތައް ދިރާސާކޮށް އެކުލަވާލުމުގެ މަސައްކަތްކުރުމަށް އުފައްދާފަވާ ކޮމިޓީއެކެވެ.
ޤާނޫނީ ކޮމިޓީ
މިއީ، މި އޮތޯރިޓީއަށަ ހުށެހެޅޭ މައްސަލަތަކާއި، ލަފަޔަށްެެދި ހުށަހަޅާ ކަންތައްތަކުގައި، ވަޒީފާއާބެހޭ ޤާނުނާއި އެ ޤާނުނުގެ ދަށުން ހެދިފައިވާ ޤަވައިދުތަކުން ސީދާ ޙައްލި ލިބެން ނެތް މަސަލަތައް ދިރާސާކޮށް، ގޮތް ނިންމުމަށް އުފައްދާފައިވާ ކޮމިޓީއެކެވެ.
މުރާޖަޢާ ކޮމިޓީ
މި ކޮމިޓީއަކީ މި އޮތޯރިޓީ އިންފޮމޭޝަން އޮފިސަރު ނިންމި ނިންމުމާމެދު ހިތްހަމަ ނުޖެހޭނަމަ އެނިންމުމެއް އަލުން މުރާޖަޢާ ކޮށްދިނުންއެދި ހުށަހެޅުމުން އެމައްސަލައެއް މުރާޖަޢާކުރުމަށް އެކުލަވާލާފައިވާ ކޮމިޓީއެކެވެ.
ވިސްލްބްލޯވަރ ޕްރޮޓެކްޝަން ކޮމިޓީ
މިއީ، ޤާނޫނު ނަންބަރު: 16/2019 (ވިސްލްބްލޯކުރާ ފަރާތްތައް ރައްކާތެރިކުރުމުގެ ޤާނޫނު) ގެ ދަށުން އުފައްދާފައިވާ ކޮމިޓީއެކެވެ.