ވަޒީފާދޭ ފަރާތަށް ސަރވިސްޗާޖުގެ ގޮތުގައި ކޮންމެ މަހަކަށް ލިބުނު އާމްދަނީގެ ތަފްޞީލާއި، މުވައްޒަފުންގެ މެދުގައި ސަރވިސްޗާޖް ބެހިގޮތުގެ މަޢުލޫމާތު ބަލަހައްޓަންވާނެ ކަމަށާއި، އެ މަޢުލޫމާތު ގަވާއިދުން ލޭބަރ ރިލޭޝަންސް އޮތޯރިޓީއަށާއި މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީއަށް ހުށަހަޅަންވާނެކަމަށް ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 52 ވަނަ މާއްދާއާއި ގަވާއިދު ނަންބަރު 2021/R-41 (ސަރވިސްޗާޖާބެހޭ ގަވާއިދު) ގެ 12 ވަނަ މާއްދާގައި ބަޔާންކޮށްފައިވެއެވެ.
ސަރވިސްޗާޖުގެ މަޢުލޫމާތު ވަޒީފާދޭ ފަރާތްތަކަށް ފަސޭހައިން ހުށަހެޅޭނެ ނިޒާމެއް ޤާއިމުކުރުމަށްޓަކައި “މީރާކަނެކްޓް” މެދުވެރިކޮށް ދެ އޮތޯރިޓީއަށް މަޢުލޫމާތު ހުށަހެޅޭނެ އިންތިޒާމް، މި އޮތޯރިޓީއާއި މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީއާ ގުޅިގެން ވަނީ ހަމަޖައްސާފައެވެ.
މި “ޔޫޒަރ މެނުއަލް” ގައި، މީރާކަނެކްޓް މެދުވެރިކޮށް މަޢުލޫމާތު ހުށަހަޅާނެގޮތުގެ އިރުޝާދުތައް ހިމެނިފައިވާނެއެވެ.
މީރާކަނެކްޓްގެ ލިންކް: https://www.mira.gov.mv/MIRAconnect