“މޭ ޑޭ” ފާހަގަ ކުރުމަށްޓަކައި އެކި މުއައްސަސާތަކާއި ގުޅިގެން ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔަތާ ބެހޭ ވުޒާރާއިން އިންތިޒާމުކޮށްގެން ހާއްސަ ހަރަކާތްތަކުގައި ލޭބަރ ރިލޭޝަންސް އޮތޯރިޓީން ބައްވެރިވެއްޖެއެވެ.
މި އޮތޯރިޓީއިން ވަނީ ބައިނަލްއަގުވާމީ މަސައްކަތްތެރިންގެ ދުވަހާއި ގުޅިގެން ކުރިޔަށް ދިޔަ ބޮޑު ހިނގާލުމުގައި ބައިވެރިވެފައެވެ. މި ހިނގާލުމުގައި ސަރުކާރު މުއައްސަސާތަކާއި މިނިސްޓްރީތަކުގެ އިސް ބޭފުޅުން އަދި މިމުއައްސަސާތަކާއި މިނިސްޓްރީތަކުގެ ގިނަ އަދަދެއްގެ މުވައްޒަފުން ބައިވެރިވިއެވެ.
ހިނގާލުމުގެ އިތުރުން ރަސްފަނުގައި ކުރިޔަށް ދިޔަ މައުރަޒުގައި ވެސް މިއޮތޯރިޓީއިން ބައިވެރިވެފައިވެއެވެ. މިމައުރަޒުގައި މިއޮތޯރިޓީއިން މަޢުލޫމާތު ދިނުމަށް ހާއްސަ ކުރެވުނު ބޫތުން ވަނީ މަސައްކަތްތެރިންގެ މާހައުލުގައި ދިމަވާ މައްސަލަތައް ހައްލުކޮށް ދިނުމަށް އެހީތެރިކަން ފޯރުކޮށްދީ އަދި މި އޮތޯރިޓީއަށް މައްސަލަ ހުށަހަޅައިގެން ކުރިޔަށްދާނެ ގޮތުގެ މަޢުލޫމާތާއި އަދި ވަޒީފާއިބެހޭ ޤާނޫނާއި އެޤާނޫނުގެ ދަށުން ހެދިފައިވާ ޤަވާއިދާއި ބެހޭ އެކިއެކި މަޢުލޫމާތުތައް އާންމުންނަށް ފޯރުކޮށްދީފައެވެ.
