ވަޒީފާއާބެހޭ ޤާނޫނާއި، އެ ޤާނޫނުގެ ދަށުން ހެދިފައިވާ ގަވާއިދުތަކަށް ވަޒީފާދޭ ފަރާތްތަކުން ޢަމަލުކުރަމުންގެންދާ މިންވަރު ބެލުމަށް، މޭ މަހުގެ 22 ން 26 އަށް ކުރިއަށް ގެންދިޔަ އިންސްޕެކްޝަންސްތަކުގައި އެ އަތޮޅުގެ 11 ރިސޯޓަކާއި، އެ އަތޮޅުގެ މާމިގިއްޔާއި، ދިގުރަށުގައި ހިންގަމުންދާ ވިޔަފާރިތައް ވަނީ އިންސްޕެކްޓްކޮށްފައެވެ.
މީގެ އިތުރުން، އެ އަތޮޅުގެ މާމިގިއްޔާއި، ދިގުރަށުގައި ވަޒީފާދީގެން މުވައްޒަފުން ގެންގުޅޭ ފަރާތްތަކަށް އަމާޒުކޮށް ވަޒީފާއާބެހޭ ޤާނޫނާއި، އެ ޤާނޫނުގެ ދަށުން ހެދިފައިވާ ގަވާއިދުތަކަށް އާންމުން ހޭލުންތެރިކުރުވައި އަދި ވަޒީފާދޭ ފަރާތްތަކަށް ބޭނުންވާ ފަންނީ ލަފަޔާއި މަޢުލޫމާތު ފޯރުކޮށްދިނުމަށް އެވެއަރނެސް ޕްރޮގްރާމެއް ވަނީ ހިންގާފައެވެ.
މި ފުރުޞަތުގައި، އެވެއަރނެސް ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް މާމިގިއްޔާއި، ދިގުރަށު ކައުންސިލުގެ ފަރާތުން ދެއްވި އެއްބާރުލުން ފާހަގަކޮށް، އެ ފަރާތްތަކަށް ލޭބަރ ރިލޭޝަންސް އޮތޯރިޓީގެ މެނޭޖްމެންޓުގެ ނަމުގައި ޝުކުރު ދަންނަވަމެވެ.