މާލެއަތޮޅު ދިއްފުށީގައި ހިންގާ ވިޔަފާރިތައް އިންސްޕެކްޓްކުރުމަށާއި، އެ އަތޮޅުގައިވާ 2 ރިސޯޓެއް އިންސްޕެކްޓްކުރުމަށް ލޭބަރ ރިލޭޝަންސް އޮތޯރިޓީން ދަތުރެއް ކޮށްފިއެވެ.
09 އޮކްޓޫބަރު 2025 އިން 13 އޮކްޓޫބަރު 2025 ގެ ނިޔަލަށް ކުރިޔަށްދިޔަ އިންސްޕެކްޝަންތަކުގައި ވަޒީފާއާބެހޭ ޤާނޫނާއި، އެ ޤާނޫނުގެ ދަށުން ހެދިފައިވާ ގަވާއިދުތަކުގައިވާ ކަންތައްތައް ރަނގަޅަށް ތަންފީޒު ކުރެވެމުންދޭތޯ ބަލައި ޗެކުކުރެވިފައިވެއެވެ. އަދި މި އިންސްޕެކްޝަންތަކުގައި ވަޒީފާދޭ ފަރާތްތަކާއި، ވަޒިފާއަދާ ކުރާ ފަރާތްތައް ވަޒީފާއާބެހޭ ޤާނޫނަށާއި އެޤާނޫނުގެ ދަށުން ހެދިފައިވާ ޤަވާއިދުތަކަށް އަހުލުވެރިކުރުމަށް މަސައްކަތްކޮށްފައިވެއެވެ. މި އިންސްޕެކްޝަންތަކަކީ ވަޒީފާއާބެހޭ ޤާނޫނުގެ 80 ވަނަ މާއްދާގެ ދަށުން، ލޭބަރ ރިލޭޝަންސް އޮތޯރިޓީން ދޭތެރެ ދޭތެރެއިން ކުރިއަށް ގެންދާ އިންސްޕެކްޝަންތަކެކެވެ.