ވަޒީފާއާބެހޭ ޤާނޫނާއި، އެ ޤާނޫނުގެ ދަށުން ހެދިފައިވާ ގަވާއިދުތަކަށް ވަޒީފާދޭ ފަރާތްތަކުން ޢަމަލުކުރަމުންގެންދާ މިންވަރު ބެލުމަށް، ލޭބަރ ރިލޭޝަންސް އޮތޯރިޓީން ކޮންމެ އަހަރަކުވެސް ކުރިއަށް ގެންދާ އިންސްޕެކްޝަންސްގެ ތެރެއިން، ތިލަދުންމަތީ އުތުރުބުރިއަށް ދަތުރެއް ކޮށްފައިވެއެވެ.
އެޕްރީލް 23 ވަނަ ދުވަހު ކުރިއަށް ގެންދިޔަ އިންސްޕެކްޝަންގައި އެ އަތޮޅުގެ ރިސޯޓެއް ވަނީ އިންސްޕެކްޓްކޮށްފައެވެ. މީގެ އިތުރުން، ތިލަދުންމަތީ އުތުރުބުރި ހޯރަފުށި ކައުންސިލާ ގުޅިގެން، އެ ރަށުގައި ވަޒީފާދީގެން މުވައްޒަފުން ގެންގުޅޭ ފަރާތްތަކަށް އަމާޒުކޮށް ވަޒީފާއާބެހޭ ޤާނޫނާއި، އެ ޤާނޫނުގެ ދަށުން ހެދިފައިވާ ގަވާއިދުތަކަށް އާންމުން ހޭލުންތެރިކުރުމުގެ އެވެއަރނެސް ޕްރޮގްރާމްއެއް ވަނީ ހިންގާފައިވެއެވެ.
މިޕްރޮގްރާމް އިންތިޒާމު ކުރުމުގައި ތިލަދުންމަތީ އުތުރުބުރި ހޯރަފުށި ކައުންސިލްގެ ފަރާތުން ދެއްވި އެއްބާރުލުން ފާހަގަކޮށް އެފަރާތަށް ލޭބަރ ރިލޭޝަންސް އޮތޯރިޓީގެ މެނޭޖްމަންޓުގެ ނަމުގައި ޝުކުރު ދަންނަވަމެވެ.