ލޭބަރ ރިލޭޝަންސް އޮތޯރިޓީގެ ފަރާތުން ތިން އަތޮޅެއްގެ އަތޮޅު ކައުންސިލާއި ރަށު ކައުންސިލްތަކާ ބައްދަލުކޮށް މަޝްވަރާކުރުން

ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންގެ ދަފުތަރެއް ކައުންސިލްތައް މެދުވެރިކޮށް އެކުލަވާލުމަށް ލޭބަރ ރިލޭޝަންސް އޮތޯރިޓީގެ ފަރާތުން ތައްޔާރުކޮށްފައިވާ އިންޓަރނެޓް ޕޯޓަލް، ’ހަރަހެރި‘ ގައި، ބިދޭސީން ރެޖިސްޓްރީކުރުމާ ބެހޭގޮތުން މަޢުލޫމާތުދީ މަޝްވަރާކުރުމަށް، ލޭބަރ ރިލޭޝަންސް އޮތޯރިޓީގެ ކަމާބެހޭ މުވައްޒަފުންގެ ޓީމްތައް ތިން އަތޮޅަކަށް ޒިޔާރަތްކޮށް، އަތޮޅު އަދި ރަށު ކައުންސިލްތަކާ ބައްދަލުކުރައްވައިފިއެވެ. އެގޮތުން ބައްދަލުކޮށްފައިވަނީ ތ. އަތޮޅު ކައުންސިލާއި، ދ. އަތޮޅު ކައުންސިލްގެ އިތުރުން، ތ. ވޭމަންޑޫ، ތ. ތިމަރަފުށި، ތ. ކިނބިދޫ، ތ. ހިރިލަންދޫ، ލ. ފޮނަދޫ، ލ. … Read more

ލޭބަރ ރިލޭޝަންސް އޮތޯރިޓީއާއި ފުވައްމުލައް ސިޓީ ކައުންސިލްގެ ފަރާތުން ބައްދަލުކޮށް މަޝްވަރާކުރުން

ފުވައްމުލައް ސިޓީގައި ހުރި ވަޒީފާއާބެހޭ މައްސަލަތަކާއި ގަވައިދާ ޚިލާފަށް މަސައްކަތްކުރަމުންދާ ބިދޭސީންނާބެހޭގޮތުން، އެސިޓީ ކައުންސިލާއި ލޭބަރ ރިލޭޝަންސް އޮތޯރިޓީގެ ކަމާބެހޭ ފަރާތްތަކާއެކު މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ. މި ބައްދަލުވުމުގައި ވަނީ ފުވައްމުލަކުގައި ގަވައިދާ ޚިލާފަށް އުޅެމުންދާ ބިދޭސީންގެ މައްސަލަ ޙައްލުކުރުމަށް ކުރެވިދާނެ ކަންތައްތަކާ ބެހޭގޮތުން ވާހަކަ ދައްކާފައެވެ. އެގޮތުން، ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންގެ ދަފުތަރު ބެލެހެއްޓުމަކައި ލޭބަރ ރިލޭޝަންސް އޮތޯރިޓީގެ ފަރާތުން ފަރުމާކޮށްފައިވާ އިންޓަރނެޓް ޕޯޓަލް، ’ހަރަހެރި‘ ގައި ބިދޭސީން ރެޖިސްޓްރީކުރުމަށް ހުރި ގޮންޖެހުންތަކާއި، އެކަންތައް ޙައްލުކޮށް … Read more