މާޅޮސްމަޑުލު އުތުރުބުރީގެ ރިސޯޓުތައް އިންސްޕެކްޓްކުރުމަށް، ލޭބަރ ރިލޭޝަންސް އޮތޯރިޓީގެ ޓީމެއް އެ އަތޮޅަށް ދަތުރެއްކޮށްފި

މާޅޮސްމަޑުލު އުތުރުބުރީގެ ރިސޯޓުތައް އިންސްޕެކްޓް ކުރުމަށް ލޭބަރ ރިލޭޝަންސް އޮތޯރިޓީގެ ޓީމެއް، މި ހިނގާ މަހުގެ 17 އިން 23 ވަނަ ދުވަހުގެ ނިޔަލަށް އެ އަތޮޅަށް ދަތުރެއްކޮށްފިއެވެ. މި ދަތުރުގައި ވަޒީފާއާބެހޭ ޤާނޫނާ ގުޅޭގޮތުން، ޢާންމުންނަށް މަޢުލޫމާތު ދިނުމަށްޓަކައި، އެވެއަރނަސް ޕްރޮގްރާމް ހިންގުމުގެ އިތުރުން، އެ އަތޮޅުގެ 17 ރިސޯޓެއް އިންސްޕެކްޓްކޮށްފައިވެއެވެ. މި އިންސްޕެކްޝަންސްތަކުގައި ވަޒީފާއާބެހޭ ޤާނޫނާއި، އެ ޤާނޫނުގެ ދަށުން ހެދިފައިވާ ގަވާއިދުތަކަށް ވަޒީފާދޭ ފަރާތްތަކުން ޢަމަލުކުރާ މިންވަރު ބެލިފައިވެއެވެ. މީގެ އިތުރުން، ސަރވިސްޗާޖާގުޅޭ … Read more

ކުރަނގި އޮޕަރޭޝަނުގައި ލޭބަރ ރިލޭޝަންސް އޮތޯރިޓީގެ މުވައްޒަފުން ބައިވެރިވެއްޖެ

ފޮޓޯ: މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ ދާޚިލީ ސަލާމަތާއި ފަންނިއްޔަތާބެހޭ ވުޒާރާގެ ފަރާތުން، 18 ޖަނަވަރީ 2025 ވަނަ ހޮނިހިރު ދުވަހު ކުރިއަށް ގެންދިޔަ “ކުރަނގި” އޮޕަރޭޝަނުގައި ލޭބަރ ރިލޭޝަންސް އޮތޯރިޓީގެ މުވައްޒަފުން ބައިވެރިވެއްޖެއެވެ. ދާޚިލީ ސަލާމަތާއި ފަންނިއްޔަތާބެހޭ ވުޒާރާއިން އިސްނަގައިގެން ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި މިއޮތޯރިޓީގެ މުވައްޒަފުން ބައިވެރިވެ، މާލޭ ސަރަޙައްދުގެ އެކި ސްކޫލުތަކުގައި ބިދޭސީންގެ ބަޔޯމެޓްރިކްސް ނެގުމުގެ މަސައްކަތުގައި ޢަމަލީ ގޮތުން ބައިވެރިވެފައިވެއެވެ. އެގޮތުން ހޮނިހިރު ދުވަހު 09:15 އިން … Read more

ހުކުރު ޚުޠުބާ ގައި މަސައްކަތުގެ އަޚްލާޤާ ބެހޭ ގޮތުން ނަޞޭޙަތްތެރިވެއްޖެ.

ފޮޓޯ: މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒް 10 ޖަނަވަރީ 2025 ވަނަ ހުކުރު ދުވަހުގެ ޚުޠުބާގައި ވަޒީފާއާބެހޭ ޤާނޫނުގައި ހިމެނިފައިވާ ބައިތަކާ ބެހޭގޮތުން އަލިއަޅުވާލާ ނަޞޭޙަތްތެރިވެއްޖެއެވެ. އެގޮތުން، ވަޒީފާގެ އެއްބަސްވުމަކީ ހަމައެކަނި މުސާރަ ލިބިގަތުމަށްޓަކައި ވެވޭ އެއްބަސްވުމަކަށް ނުހެދުމަށާއި، ވަޒީފާގެ ބަޔާނާ އެއްގޮތަށް މުވައްޒަފުން މަސައްކަތްކުރުމަށް ޚުޠުބާގައި ނަޞޭޙަތްތެރިވެފައިވެއެވެ. މީގެ އިތުރުން، ވަޒީފާއާބެހޭ ޤާނޫނުގެ 13 ވަނަ މާއްދާގައި ވަޒީފާ އަދާކުރާފަރާތާއި ވަޒީފާދޭފަރާތާ ދެމެދު އެކުލަވާލާ ވަޒީފާގެ އެއްބަސްވުމާ ބެހޭގޮތުން އޮންނަ މާއްދާއާ އެއްގޮތަށް އިސްލާމްދީނުގައި މިކަން … Read more