ބައިނަލްއަގުވާމީ މަސައްކަތްތެރިންގެ ދުވަސް ފާހަގަކުރުމަށްޓަކައި މިނިސްޓްރީތަކާއި ސަރުކާރު އިދާރާތަކުން ކުރިޔަށް ގެންދިޔަ ހާއްސަ ހަރަކާތްތަކުގައި މި އޮތޯރިޓީން ބައިވެރިވެއްޖެ.

“މޭ ޑޭ” ފާހަގަ ކުރުމަށްޓަކައި އެކި މުއައްސަސާތަކާއި ގުޅިގެން ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔަތާ ބެހޭ ވުޒާރާއިން އިންތިޒާމުކޮށްގެން ހާއްސަ ހަރަކާތްތަކުގައި ލޭބަރ ރިލޭޝަންސް އޮތޯރިޓީން ބައްވެރިވެއްޖެއެވެ. މި އޮތޯރިޓީއިން ވަނީ ބައިނަލްއަގުވާމީ މަސައްކަތްތެރިންގެ ދުވަހާއި ގުޅިގެން ކުރިޔަށް ދިޔަ ބޮޑު ހިނގާލުމުގައި ބައިވެރިވެފައެވެ. މި ހިނގާލުމުގައި ސަރުކާރު މުއައްސަސާތަކާއި މިނިސްޓްރީތަކުގެ އިސް ބޭފުޅުން އަދި މިމުއައްސަސާތަކާއި މިނިސްޓްރީތަކުގެ ގިނަ އަދަދެއްގެ މުވައްޒަފުން ބައިވެރިވިއެވެ. ހިނގާލުމުގެ އިތުރުން ރަސްފަނުގައި ކުރިޔަށް ދިޔަ މައުރަޒުގައި ވެސް މިއޮތޯރިޓީއިން ބައިވެރިވެފައިވެއެވެ. … Read more

“މޭ ޑޭ” ފާހަގަކުރުމަށްޓަކައި މިނިސްޓްރީތަކާއި ސަރުކާރު އިދާރާތަކުން ހާއްސަ ހަރަކާތްތަކެއް ކުރިޔަށްގެންގޮސްފި.

ބައިނަލްއަގުވާމީ މަސައްކަތްތެރިންގެ ދުވަސް ފާހަގަކުރުމަށް އެކި މުއައްސަސާތަކާއި ގުޅިގެން ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔަތާ ބެހޭ ވުޒާރާއިން އިންތިޒާމުކޮށްގެން ހާއްސަ ހަރަކާތްތަކެއް ކުރިޔަށްގެންގޮސްފިއެވެ. ބައިނަލްއަގުވާމީ މަސައްކަތްތެރިންގެ ދުވަސް ނުވަތަ “މޭ ޑޭ” ފާހަގަކުރުމުގެ ބޭނުމަކީ ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ކުރިއެރުމުގައި މަސައްކަތްތެރިން އަދާކުރާ މުހިންމު ދައުރުގެ އަގު ވަޒަންކުރުމެވެ. އަދި މަސައްކަތްތެރިންނަށް އެކަށީގެންވާ މާހައުލެއް ޤާއިމުކުރުމަށާއި އެފަރާތްތަކުގެ ހައްޤުތައް ކަށަވަރުކޮށް ދިނުމަށް ބާރުއަޅާ ސިޔާސަތުތައް ކުރިއެރުވުމެވެ. ދިވެހިރާއްޖޭގައި ދުނިޔޭގެ މަސައްކަތްތެރިންގެ ދުވަހައާއި ގުޅިގެން ހާއްސަ ހިނގާލުމެއް … Read more

ޏ. އަތޮޅު ފުވައްމުލައް ސިޓީ އިންސްޕެކްޓްކުރުމަށް ލޭބަރ ރިލޭޝަންސް އޮތޯރިޓީން ދަތުރެއް ކޮށްފި.

ޏ. އަތޮޅު ފުވައްމުލައް ސިޓީ ހިންގާ ވިޔަފާރިތައް އިންސްޕެކްޓްކުރުމަށް ލޭބަރ ރިލޭޝަންސް އޮތޯރިޓީން ދަތުރެއް ކޮށްފިއެވެ. 19 އޭޕްރިލް 2026 އިން 23 އޭޕްރިލް 2026 ގެ ނިޔަލަށް ކުރިޔަށްދިޔަ އިންސްޕެކްޝަންތަކުގައި ވަޒީފާއާބެހޭ ޤާނޫނާއި، އެ ޤާނޫނުގެ ދަށުން ހެދިފައިވާ ގަވާއިދުތަކުގައިވާ ކަންތައްތައް ރަނގަޅަށް ތަންފީޒު ކުރެވެމުންދޭތޯ ބަލައި ޗެކުކުރެވިފައިވެއެވެ. އަދި މި އިންސްޕެކްޝަންތަކުގައި ވަޒީފާދޭ ފަރާތްތަކާއި، ވަޒިފާއަދާ ކުރާ ފަރާތްތައް ވަޒީފާއާބެހޭ ޤާނޫނަށާއި އެޤާނޫނުގެ ދަށުން ހެދިފައިވާ ޤަވާއިދުތަކަށް އަހުލުވެރިކުރުމަށް މަސައްކަތްކޮށްފައިވެއެވެ. މި އިންސްޕެކްޝަންތަކަކީ ވަޒީފާއާބެހޭ … Read more

މާޅޮސްމަޑުލު ދެކުނުބުރީ އޭދަފުށީ އަދި އެ އަތޮޅުގައިވާ ރިސޯޓުތައް އިންސްޕެކްޓްކުރުމަށް ލޭބަރ ރިލޭޝަންސް އޮތޯރިޓީން ދަތުރެއް ކޮށްފި.

މާޅޮސްމަޑުލު ދެކުނުބުރި އޭދަފުށީގައި ހިންގާ ވިޔަފާރިތައް އިންސްޕެކްޓްކުރުމަށާއި، އެ އަތޮޅުގައިވާ 6 ރިސޯޓެއް އިންސްޕެކްޓްކުރުމަށް ލޭބަރ ރިލޭޝަންސް އޮތޯރިޓީން ދަތުރެއް ކޮށްފިއެވެ. 21 އޭޕްރީލް 2026 އިން 26 އޭޕްރީލް 2026 ގެ ނިޔަލަށް ކުރިޔަށްދިޔަ އިންސްޕެކްޝަންތަކުގައި ވަޒީފާއާބެހޭ ޤާނޫނާއި، އެ ޤާނޫނުގެ ދަށުން ހެދިފައިވާ ގަވާއިދުތަކުގައިވާ ކަންތައްތައް ރަނގަޅަށް ތަންފީޒު ކުރެވެމުންދޭތޯ ބަލައި ޗެކުކުރެވިފައިވެއެވެ. އަދި މި އިންސްޕެކްޝަންތަކުގައި ވަޒީފާދޭ ފަރާތްތަކާއި، ވަޒިފާއަދާ ކުރާ ފަރާތްތައް ވަޒީފާއާބެހޭ ޤާނޫނަށާއި އެޤާނޫނުގެ ދަށުން ހެދިފައިވާ ޤަވާއިދުތަކަށް އަހުލުވެރިކުރުމަށް … Read more