3 މުއައްސަސާ އެއް ގުޅިގެން ޕެނަލް ޑިސްކަޝަނެއް ބާއްވައިފި

މިއަހަރު ފާހަގަ ކުރާ މަސައްކަތްތެރީންގެ ދުވަހާއި ގުޅުވައިގެން 3 މުއައްސަސާ އެއް ގުޅިގެން ޕެނަލް ޑިސްކަޝެއް ބާއްވައިފިއެވެ. މި ޕެނަލް ޑިސްކަޝަން ކުރިއަށް ގެންގޮސްފައި ވަނީ ލޭބަރ ރިލޭޝަންސް އޮތޯރިޓީއާއި، މޯލްޑިވްސް އިމިގްރޭޝަން އަދި މޯލްޑިވްސް ޕޮލިސް ސަރވިސް ގުޅިގެންނެވެ. މި ޕެނަލް ޑިސްކަޝަން ދުރަށް ދައްކާފައި ވަނީ ޕީ.އެސް.އެމް ގެ ފަރާތުން ދުނިޔޭގެ މަސައްކަތްތެރީންގެ ދުވަސްކަމުގައިވާ މޭ މަހުގެ އެއްވަނަ ދުވަހުއެވެ.

މި ޕެނަލް ޑިސްކަޝަނުގައި މި އޮތޯރިޓީގެ ފަރާތުން ބައިވެރިވެ ލެއްވީ އެސިސްޓެންޓް ޑިރެކްޓަރ ޢަލީ ޝަރީފް އާއި މީޑިއޭޝަން އޮފިސަރ އަލްއުސްތާޛާ މަރްޔަމް ރައުޟާއެވެ. މޯލްޑިވްސް އިމިގްރޭޝަނުގެ ފަރާތުން ބައިވެރިވެ ލެއްވީ ޗީފް ހެޑް އޮފް އެންފޯސްމަންޓް އެންޑް ކޮމްޕްލަޔަންސް ޑިވިޝަން، އިމިގްރޭޝަން އޮފިސަރ އަޙްމަދު މުޖްތަބާ އާއި ހެޑް އޮފް ރިސްކް އިންޓެލިޖެންސް އެންޑް ލީގަލް އެފެއާރޒް ޑިވިޝަން، ޑެޕިއުޓީ ޗީފް އިމިގްރޭޝަން އޮފިސަރ މުޙަންމަދު ޝިފާންއެވެ. މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން ބައިވެރިވެ ލެއްވީ ހެޑް އޮފް ކޮންޕެންސޭޝަން އެންޑް ބެނެފިޓް އެޑްމިނިސްޓްރޭޝަން، އިންސްޕެކްޓަރ އޮފް ޕޮލިސް އިލްޔާސް މުޙަންމަދާއި ޑެޕިއުޓީ ހެޑް އޮފް އެންޓި-ހިއުމަން ޓްރެފިކިން ޑިޕާރޓްމަންޓް، އިންސްޕެކްޓަރ އޮފް ޕޮލިސް އަޙްމަދު ސޮފްވަތު ރަޢޫފެވެ.

މި ޕެނަލް ޑިސްކަޝުގައި މުވައްޒަފުންގެ ޙައްޤުތައް ރައްކާތެރިކޮށް ދަމަހައްޓާނެގޮތާއި، މުވައްޒަފުންނަށް ލިބިގެންވާ ޙައްޤުތަކާއި، މުވައްޒަފުންނަށް ލިބިދޭ އިމްތިޔާޒުތަކާއި، މުވައްޒަފުންގެ އަޚްލާޤު ބައްޓަން ކުރަންޖެހޭ ގޮތާއި ބެހޭގޮތުން ޑިސްކަސްކުރެވިފައިވެއެވެ. އަދި މުވައްޒަފުން ވަޒީފާ އަދާކުރަމުންދާ އިރު ދިމާވާ މައްސަލަތާކައި، އެ މަސައްލަތަކުގެ ޙައްލާއި ބެހޭގޮތުންވެސް ޕެނަލިސްޓުންގެ ތަޖުރިބާ ޙިއްސާކޮށްފައި ވެއެވެ.

އަދި ޕެނަލިސްޓުން ވަނީ ވަޒީފާއާބެހޭ ޤާނޫނާއި އިމިގްރޭޝަން ޤާނޫނާއި އަދި ޕޮލިސް ޤާނޫނުގެ ތެރެއިން އެ މުއައްސަސާ ތަކަށް ހުށަހެޅޭ ޢާއްމު މައްސަލަތަކާއި، އަދި އެ މައްސަލަތައް ޙައްލު ކުރާނެގޮތްވެސް ޙިއްސާކޮށްފައެވެ. އަދި ވަޒީފާގައި އުޅެމުންދާއިރު ދިމާވާ މައްސަލަތައް، އެ 3 ޤާނޫނުގެ އަސާސީ އުޞޫލުތަކުގެ ތެރެއިން ހުށަހަޅަންޖެހޭ ތަރުތީބާއި ބެހޭގޮތުން މި ޕެނަލް ޑިސްކަޝަން ގައި މަޝްވަރާކޮށްފައިވެއެވެ.