ލޭބަރ ރިލޭޝަންޝް އޮތޯރިޓީގެ މަސައްކަތްތަކާ ގުޅޭގޮތުން މަޢުލޫމާތު ދިނުމަށް ޕީ.އެސް.އެމް ގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ބައިވެރިވެއްޖެ
މިވަގުތު މި އޮތޯރިޓީން ކުރަމުންގެންދާ މަސައްކަތްތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމަށް ޕީ.އެސް.އެމް ގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ބައިވެރިވެއްޖެއެވެ. މި ޕްރޮގްރާމްގައި ބައިވެރިވެލައްވާފައި ވަނީ މި އޮތޯރިޓީގެ ޑިރެކްޓަރ ޖެނެރަލް އަޙުމަދު މިޒުހަތު ނަޢީމް އަދި ލީގަލް އޮފިސަރ ސާއިފް ޢަލީއެވެ. މިގޮތުން މި އޮތޯރިޓީން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރޭގައި، ވަޒީފާއާބެހޭ ޤާނޫނާއި މި ޤާނޫނުގެ ދަށުން ހެދޭ ގަވާއިދުތަކަށް އަމަލު ކުރަމުންދޭތޯ ކަށަވަރު ކުރުމުގެ ގޮތުން ދޭތެރެ ދޭތެރެއިން މަސައްކަތް ކުރާ ތަންތަން ބަލައި ޗެކްކުރުމާއި، … Read more