މިލަދުންމަޑުލު އުތުރުބުރި އަށް ލޭބަރ ރިލޭޝަންސް އޮތޯރިޓީގެ ޓީމެއް ދަތުރެއްކޮށްފި

ވަޒީފާއާބެހޭ ޤާނޫނާއި، އެ ޤާނޫނުގެ ދަށުން ހެދިފައިވާ ގަވާއިދުތަކަށް ވަޒީފާދޭ ފަރާތްތަކުން ޢަމަލުކުރާ މިންވަރު ބެލުމަށް އިންސްޕެކްޝަންސްތައް ހިންގުމަށާއި، އެވެއަރނަސް ޕްރޮގްރާމްތައް ހިންގުމަށް، މި އޮތޯރިޓީން އޮގަސްޓު މަހުގެ 10 އިން 13 ވަނަ ދުވަހުގެ ނިޔަލަށް މިލަދުންމަޑުލު އުތުރުބުރިއަށް ދަތުރެއްކޮށްފިއެވެ. މި ދަތުރަކީ ށ. ފުނަދޫގައި ހިންގަމުންދާ ވިޔަފާރިތަކާއި، އެ އަތޮޅުގައިވާ ރިސޯޓްތަކުން ވަޒީފާއާބެހޭ ޤާނޫނަށް ޢަމަލު ކުރަމުން އަންނަ މިންވަރު ބަލައި ޗެކުކުރުމަށް ކުރިއަށް ގެންދެވުނު އިންސްޕެކްޝަނެކެވެ. މިދަތުރުގައި ށ. ފުނަދޫގައި ހިންގަމުންދާ ވިޔަފާރިތައް … Read more

ވ. އަތޮޅުގައި ހިންގާ ރިސޯޓުތައް ލޭބަރ ރިލޭޝަންސް އޮތޯރިޓީން އިންސްޕެކްޓްކޮށްފި

ވަޒީފާއާބެހޭ ޤާނޫނާއި އެ ޤާނޫނުގެ ދަށުން ހެދިފައިވާ ގަވާއިދުތައް އަދި އެންމެ ކުޑަމިނުން ދޭންޖެހޭ އުޖޫރައިގެ އަމުރާއި އެއްގޮތަށް ވަޒީފާދޭ ފަރާތްތަކުން ޢަމަލުކުރާ މިންވަރު ބެލުމަށް، ފަތުރުވެރިކަމުގެ ޞިނާޢަތުގައި ހިންގާ ވިޔަފާރިތަކުގެ ތެރެއިން ޓޫރިސްޓް ރިސޯޓުތައް ބަލައި ޗެކުކުރުމަށް ލޭބަރ ރިލޭޝަންސް އޮތޯރިޓީން، ކޮންމެ އަހަރަކުވެސް ކުރިއަށް ގެންދާ އިންސްޕެކްޝަންސްތަކުގެ ތެރެއިން، ވ. އަތޮޅުގައި ހިންގާ ރިސޯޓުތައް އިންސްޕެކްޓްކޮށްފިއެވެ. އޮކްޓޫބަރު މަހުގެ 24 އިން 26 އަށް ކުރިއަށް ގެންދިޔަ އިންސްޕެކްޝަންސްތަކުގައި، ވ. އަތޮޅުގައި ހިންގާ 5 … Read more

ނ. އަތޮޅުގެ ބައެއް ރައްތަކަށާއި، އެއަތޮޅުގައި ހިންގާ ރިސޯޓްތަކަށް ލޭބަރ ރިލޭޝަންސް އޮތޯރިޓީގެ ޓީމެއް ދަތުރެއްކޮށްފި

ވަޒީފާއާބެހޭ ޤާނޫނާއި އެ ޤާނޫނުގެ ދަށުން ހެދިފައިވާ ގަވާއިދުތައް އަދި އެންމެ ކުޑަމިނުން ދޭންޖެހޭ އުޖޫރައިގެ އަމުރާއި އެއްގޮތަށް ވަޒީފާދޭ ފަރާތްތަކުން ޢަމަލުކުރާ މިންވަރު ބެލުމަށް، ފަތުރުވެރިކަމުގެ ޞިނާޢަތުގައި ހިންގާ ވިޔަފާރިތަކުގެ ތެރެއިން ޓޫރިސްޓް ރިސޯޓުތައް ބަލައި ޗެކުކުރުމަށް ލޭބަރ ރިލޭޝަންސް އޮތޯރިޓީން، ކޮންމެ އަހަރަކުވެސް ކުރިއަށް ގެންދާ އިންސްޕެކްޝަންތަކުގެ ތެރެއިން، ނ. އަތޮޅުގައި ހިންގާ ރިސޯޓުތައް އިންސްޕެކްޓްކޮށްފިއެވެ. އޮގަސްޓު މަހުގެ 15 އިން 16 އަށް ކުރިއަށް ގެންދިޔަ އިންސްޕެކްޝަންތަކުގައި، ނ. އަތޮޅުގައި ހިންގާ 6 … Read more

ފުނަދޫ ސްކޫލް ދަރިވަރުންނަށް، ވަޒީފާއާބެހޭ ޤާނޫނާ ބެހޭގޮތުން މަޢުލޫމާތުދިނުމުގެ ސެޝަނެއް ބާއްވައިފި

ވަޒީފާއާބެހޭ ޤާނޫނާއި އެޤާނޫނުގެ ދަށުން ހެދިފައިވާ ގަވާއިދުތަކަށް ސްކޫލް ނިންމާ ދަރިވަރުން ހޭލުންތެރިކުރުމުގެ ގޮތުން ލޭބަރ ރިލޭޝަންސް އޮތޯރިޓީން ކުރިއަށްގެންދާ ޕްރޮގްރާމްތަކުގެ ތެރެއިން، ށ. އަތޮޅު ފުނަދޫ ސްކޫލްގެ ދަރިވަރުންނަށް މަޢުލޫމާތުދިނުމުގެ ސެޝަނެއް ބާއްވައިފިއެވެ. ށ. އަތޮޅު ކައުންސިލާއި، ފުނަދޫ ސްކޫލާއި ގުޅިގެން ހިންގި މިޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ ފުނަދޫ ސްކޫލްގެ ގްރޭޑް 11 އަދި 12ގެ ދަރިވަރުންނަށް ޙާއްސަ ކުރެވިގެންނެވެ. މިސެޝަންގައި، ވަޒީފާއާބެހޭ ޤާނޫނާ ގުޅޭ މަޢުލޫމާތުދިނުމުގެ އިތުރުން، އެންމެ ކުޑަމިނުންދޭންޖެހޭ އުޖޫރައިގެ އަމުރާއި، ލޭބަރ … Read more

ކ. ދިއްފުށީގައި ހިންގާ ވިޔަފާރިތައް، ލޭބަރ ރިލޭޝަންސް އޮތޯރިޓީން އިންސްޕެކްޓްކޮށްފި

ކ. ދިއްފުށީގައި ހިންގާ ވިޔަފާރިތައް އިންސްޕެކްޓު ކުރުމަށާއި ވަޒީފާދޭ ފަރާތްތައް ވަޒީފާއާބެހޭ ޤާނޫނަށް އަހުލުވެރިކުރުމަށް ލޭބަރ ރިލޭޝަންސް އޮތޯރިޓީގެ ޓީމެއް އޮގަސްޓު މަހުގެ 08 އިން 11 އަށް ދަތުރެއް ކޮށްފިއެވެ. ލޭބަރ ރިލޭޝަންސް އޮތޯރިޓީގެ ޓީމުވަނީ ދިއްފުށީ ކައުންސިލާ ބައްދަލުކޮށް، ރަށުގައި ހިންގުމަށް ހަމަޖެހިފައިވާ އިންސްޕެކްޝަންސްތަކާ ގުޅޭގޮތުން މަޝްވަރާކޮށްފައެވެ. ދިއްފުށީގައި ހިންގާ ވިޔަފާރިތަކުން ޖުމްލަ ވިއްސަށްވުރެ ގިނަ ވިޔަފާރި މި އޮތޯރިޓީން އިންސްޕެކްޓު ކޮށްފައިވެއެވެ. މިއިންސްޕެކްޝަންސްތަކުގައި، ސަރވިސްޗާޖާ ގުޅޭ މަޢުލޫމާތު ހުށަހެޅުމަށް ލޭބަރ ރިލޭޝަންސް އޮތޯރިޓީއާއި … Read more

ލޭބަރ ރިލޭޝަންސް އޮތޯރިޓީން އދ. އަތޮޅުގައި އިންސްޕެކްޝަންތަކެއް ކުރިއަށް ގެންގޮސްފި

ވަޒީފާއާބެހޭ ޤާނޫނާއި ޤާނޫނުގެ ދަށުން ހެދިފައިވާ ގަވާޢިދުތަކަށް ވަޒީފާދޭފަރާތްތަކުން އަމަލުކުރާ މިންވަރު ބެލުމަށް އިންސްޕެކްޝަންސްތައް ހިންގުމަށާއި، އެވެއަރނަސް ޕްރޮގްރާމްތައް ހިންގުމަށް، މި އޮތޯރިޓީން، އެޕްރީލް މަހުގެ 30 އިން މޭ މަހުގެ 18 އަށް އދ. އަތޮޅަށް ދަތުރުތަކެއް ކޮށްފައިވެއެވެ. އެގޮތުން އދ އަތޮޅުގައި ވަޒީފާދީގެން އެންމެ ގިނައިން މުވައްޒަފުން ގެންގުޅޭ ރަށްތަކުގެ ތެރެއިން ދަނގެތި، މަހިބަދޫ އަދި އޮމަދޫގައި ޖުމްލަ 180 އެތައް އިންސްޕެކްޝަނެއް މިއޮތޯރިޓީން ކޮށްފައިވެއެވެ. ވަޒީފާގައި މުވައްޒަފުން ގެންގުޅޭއިރު ފުރިހަމަކުރަންޖެހޭ ލިޔެކިޔުންތައް ފުރިހަމަކުރެވިފައި … Read more

ފ. އަަތޮޅާއި ދ. އަތޮޅުގައި ހިންގާ ރިސޯޓުތައް، ލޭބަރ ރިލޭޝަންސް އޮތޯރިޓީން އިންސްޕެކްޓްކޮށްފި

ވަޒީފާއާބެހޭ ޤާނޫނަށް 2020 ވަނަ އަހަރު ގެނެވުނު އިޞްލާޙާއެކު، ފަތުުރުވެރިކަމުގެ ޞިނާޢަތުގައި ހިންގާ ވިޔަފާރިތަކުން ސަރވިސްޗާޖް ނެގުން ލާޒިމުކުރުމާ ގުޅިގެންނާއި، 2021 ވަނަ އަހަރު މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓް ނެރުއްވި މިނިމަމް ވޭޖް އަމުރާ ގުޅިގެން، އެކަންކަމަށް ވަޒީފާދޭ ފަރާތްތަކުން ޢަމަލުކުރާ މިންވަރު ބެލުމަށް، ފަތުރުވެރިކަމުގެ ޞިނާޢަތުގައި ހިންގާ ވިޔަފާރިތަކުގެ ތެރެއިން ޓޫރިސްޓް ރިސޯޓުތައް ބަލައި ޗެކުކުރުމަށް ލޭބަރ ރިލޭޝަންސް އޮތޯރިޓީން ކުރިއަށް ގެންދާ އިންސްޕެކްޝަންތަކުގެ ތެރެއިން، ފ. އަަތޮޅާއި ދ. އަތޮޅުގައި ހިންގާ ރިސޯޓުތައް … Read more

އދ. އަތޮޅުގައި ހިންގާ ރިސޯޓުތައް، ލޭބަރ ރިލޭޝަންސް އޮތޯރިޓީން އިންސްޕެކްޓްކޮށްފި

އދ. އަތޮޅުގައި ހިންގާ ޓޫރިސްޓު ރިސޯޓުތަކުން، ވަޒީފާއާބެހޭ ޤާނޫނަށް ޢަމަލުކުރާ މިންވަރު ބަލައި ޗެކުކުރުމަށް، ލޭބަރ ރިލޭޝަންސް އޮތޯރިޓީން އެ ރިސޯޓުތައް އިންސްޕެކްޓްކޮށްފިއެވެ. މިހިނގާ ޖުލައިމަހުގެ 09 އިން 17 އަށް ކުރިއަށް ގެންދިޔަ އިންސްޕެކްޝަންތަކުގައި، ވަޒީފާދޭ ފަރާތްތަކަށް ސަރވިސްޗާޖާބެހޭ ގަވާއިދާ ގުޅޭ މަޢުލޫމާތު ދިނުމާއި، ޤާނޫނަށް އަހުލުވެރިކުރުމުގެ ޕްރޮގްރާމްތައްވެސް ވަނީ ހިންގާފައެވެ. ލޭބަރ ރިލޭޝަންސް އޮތޯރިޓީގެ އިންސްޕެކްޝަންތަކުގައި، އދ. އަތޮޅުގައި ހިންގާ 17 ޓޫރިސްޓް ރިސޯޓުގެ އިތުރުން، އެއަތޮޅު މަންދޫގައި ހިންގާ ފިޔަވަޅު މޯލްޑިވްސް ހޮޓެލްއާއި … Read more

ވަޒީފާދޭ ފަރާތްތަކަށް އަމާޒުކޮށްގެން ޤާނޫނަށް އަހުލުވެރިކުރުމުގެ ޕްރޮގްރާމެއް ޅ. ނައިފަރުގައި ހިންގައިފި

ލޭބަރ ރިލޭޝަންސް އޮތޯރިޓީއާއި ފާދިއްޕޮޅު ނައިފަރު ކައުންސިލް ގުޅިގެން، އެރަށުގައި ވަޒީފާދީގެން މުވައްޒަފުން ގެންގުޅޭ ފަރާތްތަކަށް އަމާޒުކޮށްގެން، ވަޒީފާއާބެހޭ ޤާނޫނަށް އަހުލުވެރިކުރުމުގެ ޕްރޮގްރާމެއް ހިންގައިފިއެވެ. މި ޕްރޮގްރާމް ހިންގާފައިވަނީ މިހިނގާ މޭ މަހުގެ 13 ވަނަ ދުވަހު، ނައިފަރު ކައުންސިލް އިދާރާގައެވެ. އަދި ގޫގުލް މީޓް މެދުވެރިކޮށް މި ސެޝަން ވަނީ އޮންލައިންކޮށްވެސް ކުރިއަށް ގެންގޮސްފައެވެ. މި އެވެއަރނެސް ސެޝަންގައި، ވަޒީފާދޭފަރާތުން ބަލަހައްޓަންޖެހޭ މުވައްޒަފުންނާ ގުޅޭ ލިޔެކިޔުންތައް ބެލެހެއްޓުމާ ގުޅޭގޮތުންނާއި، ޤާނޫނީ ގޮތުން ދެފަރާތުން އަދާކުރަންޖެހޭ ޒިންމާތަކާއި … Read more

ޅ. އަތޮޅުގައި ހިންގާ ރިސޯޓުތައް ލޭބަރ ރިލޭޝަންސް އޮތޯރިޓީން އިންސްޕެކްޓްކޮށްފި

ޅ. އަތޮޅުގައި ހިންގާ ޓޫރިސްޓު ރިސޯޓުތަކުން، ވަޒީފާއާބެހޭ ޤާނޫނަށް ޢަމަލުކުރާ މިންވަރު ބަލައި ޗެކުކުރުމަށް، ލޭބަރ ރިލޭޝަންސް އޮތޯރިޓީން އެ ރިސޯޓުތައް އިންސްޕެކްޓްކޮށްފިއެވެ. މިހިނގާ މޭ މަހުގެ 11 އިން 14 އަށް ކުރިއަށް ގެންދިޔަ އިންސްޕެކްޝަންތަކުގައި، ވަޒީފާދޭ ފަރާތްތަކަށް ސަރވިސްޗާޖާބެހޭ ގަވާއިދާ ގުޅޭ މަޢުލޫމާތު ދިނުމާއި، ޤާނޫނަށް އަހުލުވެރިކުރުމުގެ ޕްރޮގްރާމްތައްވެސް ވަނީ ހިންގާފައެވެ. ލޭބަރ ރިލޭޝަންސް އޮތޯރިޓީގެ އިންސްޕެކްޝަންތަކުގައި، ޅ. އަތޮޅުގައި ހިންގަމުންދާ 9 ރިސޯޓަކާއި މަސް ފެކްޓްރީއެއް ހިންގަމުންދާ ޅ. ފެލިވަރުވެސް ވަނީ ބަލައި … Read more