ނިލަންދެއަތޮޅު އުތުރުބުރިއާއި ދެކުނުބުރީ ރަށްތަކުގައި ހިންގާ ވިޔަފާރިތައް އިންސްޕެކްޓްކުރުމަށާއި، އެ އަތޮޅުތަކުގައިވާ 6 ރިސޯޓެއް އިންސްޕެކްޓްކުރުމަށް ލޭބަރ ރިލޭޝަންސް އޮތޯރިޓީން ދަތުރެއް ކޮށްފިއެވެ.
12 މޭ 2026 އިން 17 މޭ 2026 ގެ ނިޔަލަށް ކުރިޔަށްދިޔަ އިންސްޕެކްޝަންތަކުގައި ވަޒީފާއާބެހޭ ޤާނޫނާއި، އެ ޤާނޫނުގެ ދަށުން ހެދިފައިވާ ގަވާއިދުތަކުގައިވާ ކަންތައްތައް ރަނގަޅަށް ތަންފީޒު ކުރެވެމުންދޭތޯ ބަލައި ޗެކުކުރެވިފައިވެއެވެ. އަދި މި އިންސްޕެކްޝަންތަކުގައި ވަޒީފާދޭ ފަރާތްތަކާއި، ވަޒީފާއަދާ ކުރާ ފަރާތްތައް ވަޒީފާއާބެހޭ ޤާނޫނަށާއި އެޤާނޫނުގެ ދަށުން ހެދިފައިވާ ޤަވާއިދުތަކަށް އަހުލުވެރިކުރުމަށް މަސައްކަތްކޮށްފައިވެއެވެ. މި އިންސްޕެކްޝަންތަކަކީ ވަޒީފާއާބެހޭ ޤާނޫނުގެ 80 ވަނަ މާއްދާގެ ދަށުން، ލޭބަރ ރިލޭޝަންސް އޮތޯރިޓީން ދޭތެރެ ދޭތެރެއިން ކުރިއަށް ގެންދާ އިންސްޕެކްޝަންތަކެކެވެ.
