ވަޒީފާއާބެހޭ ޤާނޫނާއި، އެ ޤާނޫނުގެ ދަށުން ހެދިފައިވާ ގަވާއިދުތަކަށް ވަޒީފާދޭ ފަރާތްތަކުން ޢަމަލުކުރަމުންގެންދާ މިންވަރު ބެލުމަށް، ލޭބަރ ރިލޭޝަންސް އޮތޯރިޓީން ކޮންމެ އަހަރަކުވެސް ކުރިއަށް ގެންދާ އިންސްޕެކްޝަންސްގެ ތެރެއިން، މިލަދުންމަޑުލު އުތުރުބުރީގައިވާ ބައެއް ރަށްތަކާއި، އެ އަތޮޅުގައި ހިންގާ ރިސޯޓުތައް އިންސްޕެކްޓްކޮށްފިއެވެ.
ޖަނަވަރީ 28 އިން ފެބުރުވަރީ 01 އަށް ކުރިއަށް ގެންދިޔަ އިންސްޕެކްޝަންސްތަކުގައި އެ އަތޮޅުގެ ދެ ރިސޯޓަކާއި، އެ އަތޮޅު މިލަންދޫގައި ހިންގަމުންދާ ވިޔަފާރިތައް ވަނީ އިންސްޕެކްޓްކޮށްފައެވެ. މީގެ އިތުރުން، މިލަންދޫ ކައުންސިލާ ގުޅިގެން، އެ ރަށްތަކުގައި ވަޒީފާދީގެން މުވައްޒަފުން ގެންގުޅޭ ފަރާތްތަކަށް އަމާޒުކޮށް ވަޒީފާއާބެހޭ ޤާނޫނާއި، އެ ޤާނޫނުގެ ދަށުން ހެދިފައިވާ ގަވާއިދުތަކަށް އާންމުން ހޭލުންތެރިކުރުމުގެ އެވެއަރނެސް ޕްރޮގްރާމްއެއް ވަނީ ހިންގާފައިވެއެވެ.
މިޕްރޮގްރާމް އިންތިޒާމު ކުރުމުގައި މިލަންދޫ ކައުންސިލްގެ ފަރާތުން ދެއްވި އެއްބާރުލުން ފާހަގަކޮށް އެފަރާތަށް ލޭބަރ ރިލޭޝަންސް އޮތޯރިޓީގެ މެނޭޖްމަންޓުގެ ނަމުގައި ޝުކުރު ދަންނަވަމެވެ.