މުލަކައަތޮޅުގެ ބައެއް ރަށްތައް އިންސްޕެކްޓް ކުރުމަށް މިއޮތޯރިޓީގެ ޓީމެއް އެ އަތޮޅަށް ދަތުރެއްކޮށްފި.

ވަޒީފާއާބެހޭ ޤާނޫނާއި، އެ ޤާނޫނުގެ ދަށުން ހެދިފައިވާ ގަވާޢިދުތަކަށް ވަޒީފާދޭފަރާތްތަކުން އަމަލުކުރަމުން ގެންދާ މިންވަރު ބެލުމަށް އިންސްޕެކްޝަންސްތައް ހިންގުމަށާއި، އެވެއަރނަސް ޕްރޮގްރާމްތައް ހިންގުމަށް، މި އޮތޯރިޓީން ޖުލައި މަހުގެ 12 އިން 19 އަށް މުލަކު އަތޮޅަށް ދަތުރެއް ކޮށްފިއެވެ.

މި ދަތުރުގައި އެ އަތޮޅު ނާލާފުށި، ވޭވަށް އަދި މުލީ އަދި މުލަކުގައި ހިންގާ ވިޔަފާރިތައް އިންސްޕްކެޓްކޮށްފައިވެއެވެ. މި އިންސްޕެކްޝަންސްތަކުގައި ޤަވާއިދާ ޚިލާފަށް ދިވެހިރާއްޖޭގައި އުޅެމުންދާ ބިދޭސީންގެ މައްސަލަތައް ޙައްލުކުރެވޭނެ ގޮތްތަކާއި، ވަޒީފާދޭ ފަރާތްތަކަށް ދިމާވާ ގޮންޖެހުންތަކާ ގުޅޭގޮތުން މަޝްވަރާ ކުރެވިފައިވެއެވެ. މީގެ އިތުރުން، އެ ރަށްތަކުގައި ވަޒީފާދީގެން މުވައްޒަފުން ގެންގުޅޭ ފަރާތްތަކަށް އަމާޒުކޮށް ވަޒީފާއާބެހޭ ޤާނޫނާއި، އެ ޤާނޫނުގެ ދަށުން ހެދިފައިވާ ގަވާއިދުތަކަށް އާންމުން ހޭލުންތެރިކުރުވައި އަދި ވަޒީފާދޭ ފަރާތްތަކަށް ބޭނުންވާ ފަންނީ ލަފަޔާއި މަޢުލޫމާތު ފޯރުކޮށްދިނުމަށް އެވެއަރނެސް ޕްރޮގްރާމްތައް ވަނީ ހިންގާފައެވެ.

މި ފުރުޞަތުގައި، އެވެއަރނެސް ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް އެ އަތޮޅުގެ މުލައް، ނާލާފުށި، ވޭވަށް އަދި މުލީ ކައުންސިލުގެ ފަރާތުން ދެއްވި އެއްބާރުލުން ފާހަގަކޮށް، އެ ފަރާތްތަކަށް ލޭބަރ ރިލޭޝަންސް އޮތޯރިޓީގެ މެނޭޖްމެންޓުގެ ނަމުގައި ޝުކުރު ދަންނަވަމެވެ.