ލޭބަރ ރިލޭޝަންސް އޮތޯރިޓީން، އަރިއަތޮޅު އުތުރުބުރީ ބޮޑުފުޅަދޫއަށް އިންސްޕެކްޝަން އަދި އެވެއަރނެސްއާގުޅޭ ދަތުރެއް ކޮށްފި.

24 ސެޕްޓެންބަރު 2025 އިން 27 ސެޕްޓެންބަރު 2025 ގެ ނިޔަލަށް، އަރިއަތޮޅު އުތުރުބުރީ ބޮޑުފުޅަދޫގައި ހިންގާ ވިޔަފާރިތައް އިސްޕެކްޓްކޮށް، ވަޒީފާއާބެހޭ ޤާނޫނާއި، އެ ޤާނޫނުގެ ދަށުން ހެދިފައިވާ ގަވައިދުތަކަށް ހޭލުންތެރިކުރުމަށް އެވެއަރނެސްއާގުޅޭ ދަތުރެއް ލޭބަރ ރިލޭޝަންސް އޮތޯރިޓީން ކޮށްފިއެވެ.

މިގޮތުން ބޮޑުފުޅަދޫގައި ކުރިޔަށްދިޔަ، އިންސްޕެކްޝަންތަކުގައި، ވަޒީފާއާބެހޭ ޤާނޫނާއި، އެ ޤާނޫނުގެ ދަށުން ހެދިފައިވާ ގަވާއިދުތަކުގައިވާ ކަންތައްތައް ރަނގަޅަށް ތަންފީޒު ކުރެވެމުންދޭތޯ ބަލައި ފާސްކުރެވިފައި ވެއެވެ. މި އިންސްޕެކްޝަނަކީ ވަޒީފާއާބެހޭ ޤާނޫނުގެ 80 ވަނަ މާއްދާގެ ދަށުން، ލޭބަރ ރިލޭޝަންސް އޮތޯރިޓީން ދޭތެރެ ދޭތެރެއިން ކުރިއަށް ގެންދާ އިންސްޕެކްޝަންތަކެކެވެ.

މީގެ އިތުރުން، މި ދަތުރުގައި އަރިއަތޮޅު އުތުރުބުރީ ބޮޑުފުޅަދޫގައި އަމިއްލަ ފަރާތްތަކުގެ ދާއިރާގައި ވަޒީފާދޭ ފަރާތްތަކާއި އަދި ވަޒީފާއަދާ ކުރާ ފަރާތްތަކުގެ އިތުރުން ދައުލަތުގައި ވަޒީފާއަދާ ކުރާ ފަރާތްތަކަށް އަމާޒުކޮށް ވަޒީފާއާބެހޭ ޤާނޫނާއި، އެ ޤާނޫނުގެ ދަށުން ހެދިފައިވާ ގަވާއިދުތަކަށް ހޭލުންތެރި ކުރުވައި އަދި ވަޒީފާދޭ ފަރާތްތަކަށް ބޭނުންވާ ފަންނީ ލަފަޔާއި މަޢުލޫމާތުވަނީ ފޯރުކޮށްދީފައެވެ.

މި ފުރުޞަތުގައި، އެވެއަރނެސް ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް އަރިއަތޮޅު އުތުރުބުރީ ބޮޑުފުޅަދޫ ކައުންސިލުން ދެއްވި އެއްބާރުލުން ފާހަގަކޮށް، އެ ދެ ރަށުގެ ކައުންސިލަށް ލޭބަރ ރިލޭޝަންސް އޮތޯރިޓީގެ މެނޭޖްމެންޓްގެ ނަމުގައި ޝުކުރު ދަންނަވަމެވެ.