ޏ. އަތޮޅު ފުވައްމުލައް ސިޓީ އިންސްޕެކްޓްކުރުމަށް ލޭބަރ ރިލޭޝަންސް އޮތޯރިޓީން ދަތުރެއް ކޮށްފި.

ޏ. އަތޮޅު ފުވައްމުލައް ސިޓީ ހިންގާ ވިޔަފާރިތައް އިންސްޕެކްޓްކުރުމަށް ލޭބަރ ރިލޭޝަންސް އޮތޯރިޓީން ދަތުރެއް ކޮށްފިއެވެ.

19 އޭޕްރިލް 2026 އިން 23 އޭޕްރިލް 2026 ގެ ނިޔަލަށް ކުރިޔަށްދިޔަ އިންސްޕެކްޝަންތަކުގައި ވަޒީފާއާބެހޭ ޤާނޫނާއި، އެ ޤާނޫނުގެ ދަށުން ހެދިފައިވާ ގަވާއިދުތަކުގައިވާ ކަންތައްތައް ރަނގަޅަށް ތަންފީޒު ކުރެވެމުންދޭތޯ ބަލައި ޗެކުކުރެވިފައިވެއެވެ. އަދި މި އިންސްޕެކްޝަންތަކުގައި ވަޒީފާދޭ ފަރާތްތަކާއި، ވަޒިފާއަދާ ކުރާ ފަރާތްތައް ވަޒީފާއާބެހޭ ޤާނޫނަށާއި އެޤާނޫނުގެ ދަށުން ހެދިފައިވާ ޤަވާއިދުތަކަށް އަހުލުވެރިކުރުމަށް މަސައްކަތްކޮށްފައިވެއެވެ. މި އިންސްޕެކްޝަންތަކަކީ ވަޒީފާއާބެހޭ ޤާނޫނުގެ 80 ވަނަ މާއްދާގެ ދަށުން، ލޭބަރ ރިލޭޝަންސް އޮތޯރިޓީން ދޭތެރެ ދޭތެރެއިން ކުރިއަށް ގެންދާ އިންސްޕެކްޝަންތަކެކެވެ.