ކ. ދިއްފުށީގައި ހިންގާ ވިޔަފާރިތައް، ލޭބަރ ރިލޭޝަންސް އޮތޯރިޓީން އިންސްޕެކްޓްކޮށްފި

ކ. ދިއްފުށީގައި ހިންގާ ވިޔަފާރިތައް އިންސްޕެކްޓު ކުރުމަށާއި ވަޒީފާދޭ ފަރާތްތައް ވަޒީފާއާބެހޭ ޤާނޫނަށް އަހުލުވެރިކުރުމަށް ލޭބަރ ރިލޭޝަންސް އޮތޯރިޓީގެ ޓީމެއް އޮގަސްޓު މަހުގެ 08 އިން 11 އަށް ދަތުރެއް ކޮށްފިއެވެ.

ލޭބަރ ރިލޭޝަންސް އޮތޯރިޓީގެ ޓީމުވަނީ ދިއްފުށީ ކައުންސިލާ ބައްދަލުކޮށް، ރަށުގައި ހިންގުމަށް ހަމަޖެހިފައިވާ އިންސްޕެކްޝަންސްތަކާ ގުޅޭގޮތުން މަޝްވަރާކޮށްފައެވެ.

ދިއްފުށީގައި ހިންގާ ވިޔަފާރިތަކުން ޖުމްލަ ވިއްސަށްވުރެ ގިނަ ވިޔަފާރި މި އޮތޯރިޓީން އިންސްޕެކްޓު ކޮށްފައިވެއެވެ. މިއިންސްޕެކްޝަންސްތަކުގައި، ސަރވިސްޗާޖާ ގުޅޭ މަޢުލޫމާތު ހުށަހެޅުމަށް ލޭބަރ ރިލޭޝަންސް އޮތޯރިޓީއާއި މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ ގުޅިގެން ގާއިމްކޮށްފައިވާ ޕޯޓަލްގެ ތެރެއިން ގެސްޓް ހައުސްތަކުން މަސައްކަތްކުރަމުންދާ މިންވަރުވެސް ބެލުނެވެ.

މިރަށުގައި ވިޔަފާރީތައް ހިންގާ ފަރާތްތަކާއި މަސައްކަތް ކުރަމުންދާ މުވައްޒަފުނަށް ވަޒީފާއާބެހޭ ޤާނޫނާއި، ޤާނޫނުގެ ދަށުން ހެދިފައިވާ ގަވާޢިދުތަކާގުޅޭ ފަންނީ މަޢުލޫމާތުތައް ދެވުނެވެ. މީގެ އިތުރުން ވަޒީފާދޭ ފަރާތްތަކަށާއި، ވަޒީފާ އަދާކުރާ ފަރާތްތަކަށް ދިމާވާ ގޮންޖެހުންތަކާ ގުޅޭގޮތުން އެފަރާތްތަކާ މަޝްވަރާ ކުރެވުނެވެ.