ވަޒީފާދޭ ފަރާތްތަކަށް އަމާޒުކޮށްގެން ޤާނޫނަށް އަހުލުވެރިކުރުމުގެ ޕްރޮގްރާމެއް ޅ. ނައިފަރުގައި ހިންގައިފި

ލޭބަރ ރިލޭޝަންސް އޮތޯރިޓީއާއި ފާދިއްޕޮޅު ނައިފަރު ކައުންސިލް ގުޅިގެން، އެރަށުގައި ވަޒީފާދީގެން މުވައްޒަފުން ގެންގުޅޭ ފަރާތްތަކަށް އަމާޒުކޮށްގެން، ވަޒީފާއާބެހޭ ޤާނޫނަށް އަހުލުވެރިކުރުމުގެ ޕްރޮގްރާމެއް ހިންގައިފިއެވެ. މި ޕްރޮގްރާމް ހިންގާފައިވަނީ މިހިނގާ މޭ މަހުގެ 13 ވަނަ ދުވަހު، ނައިފަރު ކައުންސިލް އިދާރާގައެވެ. އަދި ގޫގުލް މީޓް މެދުވެރިކޮށް މި ސެޝަން ވަނީ އޮންލައިންކޮށްވެސް ކުރިއަށް ގެންގޮސްފައެވެ. މި އެވެއަރނެސް ސެޝަންގައި، ވަޒީފާދޭފަރާތުން ބަލަހައްޓަންޖެހޭ މުވައްޒަފުންނާ ގުޅޭ ލިޔެކިޔުންތައް ބެލެހެއްޓުމާ ގުޅޭގޮތުންނާއި، ޤާނޫނީ ގޮތުން ދެފަރާތުން އަދާކުރަންޖެހޭ ޒިންމާތަކާއި … Read more

ޅ. އަތޮޅުގައި ހިންގާ ރިސޯޓުތައް ލޭބަރ ރިލޭޝަންސް އޮތޯރިޓީން އިންސްޕެކްޓްކޮށްފި

ޅ. އަތޮޅުގައި ހިންގާ ޓޫރިސްޓު ރިސޯޓުތަކުން، ވަޒީފާއާބެހޭ ޤާނޫނަށް ޢަމަލުކުރާ މިންވަރު ބަލައި ޗެކުކުރުމަށް، ލޭބަރ ރިލޭޝަންސް އޮތޯރިޓީން އެ ރިސޯޓުތައް އިންސްޕެކްޓްކޮށްފިއެވެ. މިހިނގާ މޭ މަހުގެ 11 އިން 14 އަށް ކުރިއަށް ގެންދިޔަ އިންސްޕެކްޝަންތަކުގައި، ވަޒީފާދޭ ފަރާތްތަކަށް ސަރވިސްޗާޖާބެހޭ ގަވާއިދާ ގުޅޭ މަޢުލޫމާތު ދިނުމާއި، ޤާނޫނަށް އަހުލުވެރިކުރުމުގެ ޕްރޮގްރާމްތައްވެސް ވަނީ ހިންގާފައެވެ. ލޭބަރ ރިލޭޝަންސް އޮތޯރިޓީގެ އިންސްޕެކްޝަންތަކުގައި، ޅ. އަތޮޅުގައި ހިންގަމުންދާ 9 ރިސޯޓަކާއި މަސް ފެކްޓްރީއެއް ހިންގަމުންދާ ޅ. ފެލިވަރުވެސް ވަނީ ބަލައި … Read more