ފުވައްމުލައް ސިޓީ ކައުންސިލާއެކު ލޭބަރ ރިލޭޝަންސް އޮތޯރިޓީން އެމް.އޯ.ޔޫއެއްގައި ސޮއިކޮށްފި

ލޭބަރ ރިލޭޝަންސް އޮތޯރިޓީއަށް ހުށަހަޅޭ މައްސަލަތައް ގާތުން ބަލައި، އަވަސް ފިޔަވަޅުތައް އެޅޭނެ ނިޒާމެއް ޤާއިމްކުރުމަށާއި، ވަޒީފާއާބެހޭ ޤާނޫނާއި، އެޤާނޫނުގެ ދަށުން ހެދިފައިވާ ގަވާއިދުތަކަށް އަމަލުކުރޭތޯ ބަލާ ތަންފީޛު ކުރުމަށާއި، ޤާނޫނަށް ރައްޔިތުން ހޭލުންތެރިކުރުމަށް، މި އޮތޯރިޓީގެ ވަޒީފާއާބެހޭ އޮފިސަރުން ފުވައްމުލައް ސިޓީ ގައި ބޭތިއްބުމަށް، ސިޓީ ކައުންސިލާއެކު މެމޮރަންޑަމް އޮފް އަންޑަސްޓޭންޑިންގ (އެމް.އޯ.ޔޫ) އެއްގައި މިއަދު ސޮއިކޮށްފިއެވެ. މިއަދު ލޭބަރ ރިލޭޝަންސް އޮތޯރިޓީ ގައި ބޭއްވުނު ރަސްމިއްޔާތެއްގައި، މި އެމް.އޯ.ޔޫގައި ސޮއިކޮށްފައިވަނީ ސިޓީ ކައުންސިލުގެ ފަރާތުން، … Read more

ލޭބަރ ރިލޭޝަންސް އޮތޯރިޓީގެ ޚިދުމަތް ލާމު އަތޮޅުގައި ފެށުމަށް އަތޮޅު ކައުންސިލާއެކު ފަހުމުނާމާއެއްގައި ސޮއިކޮށްފި

ލޭބަރ ރިލޭޝަންސް އޮތޯރިޓީގެ ޚިދުމަތްތައް ރައްޔިތުންނަށް ގާތުން ލިބޭނެ ނިޒާމެއް ގާއިމުކުރުމަށާއި، އަތޮޅުތެރޭގައި ވަޒީފާ އަދާކުރާ ފަރާތްތަކަށް ޤާނޫނުން ލިބިދޭ ހައްޤުތައް ފުރިހަމައަށް ލިބެމުންދާކަން ކަށަވަރު ކުރުމަށް، މިއޮތޯރިޓީގެ ވަޒީފާއާބެހޭ އޮފިސަރުން ލާމު އަތޮޅުގައި ބޭތިއްބުމަށް، އަތޮޅު ކައުންސިލާއެކު ފަހުމުނާމާއެއްގައި މިއަދު ސޮއިކޮށްފިއެވެ. މިއަދު އަތޮޅު ކައުންސިލު އިދާރާގައި ބޭއްވުނު ރަސްމިއްޔާތެއްގައި، ފަހުމުނާމާގައި ސޮއިކޮށްފައިވަނީ އަތޮޅު ކައުންސިލުގެ ފަރާތުން، ރައީސް އަލްފާޟިލް އިސްމާޢީލް ޢަލީ އަދި އެލް.އާރް.އޭގެ ފަރާތުން ސޮއިކޮށްފައިވަނީ، އޮތޯރިޓީގެ ޑިރެކްޓަރ ޖެނެރަލް އަލްފާޟިލް އަޙްމަދު … Read more

ލޭބަރ ރިލޭޝަންސް އޮތޯރިޓީގެ ޚިދުމަތް ހުވަދުއަތޮޅުގައި ފެށުމަށް އަތޮޅު ކައުންސިލްތަކާއެކު ފަހުމުނާމާގައި ސޮއިކޮށްފި

ލޭބަރ ރިލޭޝަންސް އޮތޯރިޓީއަށް ހުށަހަޅޭ މައްސަލަތައް ގާތުން ބަލައި، އަވަސް ފިޔަވަޅުތައް އެޅޭނެ ނިޒާމެއް ޤާއިމްކުރުމަށާއި، އަތޮޅުތެރޭގައި ވަޒީފާ އަދާކުރާ ފަރާތްތަކަށް ޤާނޫނުން ލިބިދޭ ހައްޤުތައް ފުރިހަމައަށް ލިބެމުންދާކަން ކަށަވަރު ކުރުމުގެގޮތުން، މި އޮތޯރިޓީގެ ވަޒީފާއާބެހޭ އޮފިސަރުން ހުވަދުއަތޮޅުގައި ބޭތިއްބުމަށް، ހުވަދުއަތޮޅު އުތުރުބުރި އާއި ދެކުނުބުރީގެ އަތޮޅު ކައުންސިލާއެކު ފަހުމުނާމާއެއްގައި 12 އަދި 13 ޖޫން 2023 ގައި ސޮއިކޮށްފިއެވެ. ހުވަދުއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލުގެ ފަރާތުން ފަހުމުނާމާގައި ސޮއިކޮށްފައިވަނީ ކައުންސިލުގެ ރައީސް އަލްފާޟިލް އިބްރާހީމް ޝާހީނެވެ. … Read more