މީރާކަނެކްޓް މެދުވެރިކޮށް ސަރވިސްޗާޖުގެ މަޢުލޫމާތު ހުށަހަޅަންޖެހޭ ގޮތުގެ އިރުޝާދު

ވަޒީފާދޭ ފަރާތަށް ސަރވިސްޗާޖުގެ ގޮތުގައި ކޮންމެ މަހަކަށް ލިބުނު އާމްދަނީގެ ތަފްޞީލާއި، މުވައްޒަފުންގެ މެދުގައި ސަރވިސްޗާޖް ބެހިގޮތުގެ މަޢުލޫމާތު ބަލަހައްޓަންވާނެ ކަމަށާއި، އެ މަޢުލޫމާތު ގަވާއިދުން ލޭބަރ ރިލޭޝަންސް އޮތޯރިޓީއަށާއި މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީއަށް ހުށަހަޅަންވާނެކަމަށް ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 52 ވަނަ މާއްދާއާއި ގަވާއިދު ނަންބަރު 2021/R-41 (ސަރވިސްޗާޖާބެހޭ ގަވާއިދު) ގެ 12 ވަނަ މާއްދާގައި ބަޔާންކޮށްފައިވެއެވެ. ސަރވިސްޗާޖުގެ މަޢުލޫމާތު ވަޒީފާދޭ ފަރާތްތަކަށް ފަސޭހައިން ހުށަހެޅޭނެ ނިޒާމެއް ޤާއިމުކުރުމަށްޓަކައި "މީރާކަނެކްޓް" ... Read more

ވަޒީފާ ބަޔާނުގެ ނަމޫނާ

ވަޒީފާދޭ ފަރާތުން، ކޮންމެ މުވައްޒަފަކަށްވެސް ވަޒީފާ ބަޔާނެއް ޙަވާލުކުރަންވާނެކަމަށާއި، ވަޒީފާ ބަޔާނުގައި، ވަޒީފާއާބެހޭ ޤާނޫނުގެ 15 ވަނަ މާއްދާގައިވާ އެންމެހާ މަޢުލޫމާތު ހިމަނަންވާނެކަމަށް ބަޔާންކޮށްފައިވެއެވެ. ތިރީގައިވާ ވަޒީފާ ބަޔާނުގެ ނަމޫނާއަކީ ވަޒީފާއާބެހޭ ޤާނޫނުގެ 15 ވަނަ މާއްދާގެ ދަށުން، ވަޒީފާ ބަޔާނުގައި ހިމެނުމަށް ލާޒިމުކޮށްފައިވާ މަޢުލޫމާތު ހިމެނޭ ގޮތަށް، ވަޒީފާދޭ ފަރާތްތަކަށް ތައްޔާރުކޮށްދީފައިވާ ނަމޫނާއެކެވެ. ނަމޫނާއާއެކު، ވަޒީފާ ބަޔާން ފުރިހަމަކުރާނެގޮތުގެ އިރުޝާދުވެސް ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. ވަޒީފާ ބަޔާނުގެ ނަމޫނާ ޑައުންލޯޑް ކުރައްވާ

ވަޒީފާގެ އެއްބަސްވުމުގެ ނަމޫނާ

ވަޒީފާދޭ ފަރާތައި، ވަޒީފާއަދާކުރާ ކޮންމެ މުވައްޒަފަކާ ދެމެދު، ވަޒީފާގެ އެއްބަސްވުމެއް ލިޔުމުން އެކުލަވާލަންވާނެކަމަށް، ވަޒީފާއާބެހޭ ޤާނޫނުގެ 13 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވެއެވެ. އަދި މިފަދަ އެއްބަސްވުމެއްގައި، އެމާއްދާގައި ބަޔާންކޮށްފައިވާ އެންމެހާ މަޢުލޫމާތު ހިމަނަންވާނެކަމަށްވެސް، ބަޔާންކޮށްފައިވެއެވެ. ތިރީގައިވާ ވަޒީފާގެ އެއްބަސްވުމުގެ ނަމޫނާއަކީ ވަޒީފާއާބެހޭ ޤާނޫނުގެ 13 ވަނަ މާއްދާގެ ދަށުން، ވަޒީފާގެ އެއްބަސްވުމެއްގައި ހިމެނުމަށް ލާޒިމުކޮށްފައިވާ އެންމެ މަދު މިންވަރު ހިމެނޭ ގޮތަށް، ވަޒީފާދޭ ފަރާތްތަކަށް ތައްޔާރުކޮށްދީފައިވާ ނަމޫނާއެކެވެ. މީގެ އިތުރުން، ވަޒީފާއާބެހޭ ޤާނޫނާ ޚިލާފުނުވާނެހެން، ... Read more