ވަޒީފާގެ އެއްބަސްވުމުގެ ނަމޫނާ

ވަޒީފާދޭ ފަރާތައި، ވަޒީފާއަދާކުރާ ކޮންމެ މުވައްޒަފަކާ ދެމެދު، ވަޒީފާގެ އެއްބަސްވުމެއް ލިޔުމުން އެކުލަވާލަންވާނެކަމަށް، ވަޒީފާއާބެހޭ ޤާނޫނުގެ 13 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވެއެވެ. އަދި މިފަދަ އެއްބަސްވުމެއްގައި، އެމާއްދާގައި ބަޔާންކޮށްފައިވާ އެންމެހާ މަޢުލޫމާތު ހިމަނަންވާނެކަމަށްވެސް، ބަޔާންކޮށްފައިވެއެވެ.

ތިރީގައިވާ ވަޒީފާގެ އެއްބަސްވުމުގެ ނަމޫނާއަކީ ވަޒީފާއާބެހޭ ޤާނޫނުގެ 13 ވަނަ މާއްދާގެ ދަށުން، ވަޒީފާގެ އެއްބަސްވުމެއްގައި ހިމެނުމަށް ލާޒިމުކޮށްފައިވާ އެންމެ މަދު މިންވަރު ހިމެނޭ ގޮތަށް، ވަޒީފާދޭ ފަރާތްތަކަށް ތައްޔާރުކޮށްދީފައިވާ ނަމޫނާއެކެވެ. މީގެ އިތުރުން، ވަޒީފާއާބެހޭ ޤާނޫނާ ޚިލާފުނުވާނެހެން، އިތުރު މާއްދާތައް ވަޒީފާގެ އެއްބަސްވުމުގައި ހިމެނުމަށް އެޤާނޫނު ހުރަހެއް ނާޅައެވެ. ނަމޫނާއާއެކު، އެއްބަސްވުން ފުރިހަމަކުރާނެގޮތުގެ އިރުޝާދުވެސް ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.