މާޅޮސްމަޑުލު އުތުރުބުރީގައި ހިންގާ ރިސޯޓުތައް، ލޭބަރ ރިލޭޝަންސް އޮތޯރިޓީން އިންސްޕެކްޓްކޮށްފި

ވަޒީފާއާބެހޭ ޤާނޫނާ އެ ޤާނޫނުގެ ދަށުން ހެދޭ ގަވައިދުތަކަށް ޢަމަލުކުރާ މިންވަރު ބަލައި އިޞްލާޙުކުރުވުމަށްޓަކައި، ލޭބަރ ރިލޭޝަންސް އޮތޯރިޓީން ރޫޓީންކޮށް ކުރާ އިންސްޕެކްޝަންތަކުގެ ތެރެއިން، މާޅޮސްމަޑުލު އުތުރުބުރީގައި ހިންގާ ހުރިހާ ޓޫރިސްޓް ރިސޯޓެއް އިންސްޕެކްޓްކޮށްފިއެވެ. 28 ޖަނަވަރީން 02 ފެބުރުވަރީ ގެ ނިޔަލަށް ކުރިއަށްގެންދިޔަ މި އިންސްޕެކްޝަނުގައި، އެ އަތޮޅުގައި ހިންގާ 13 ޓޫރިސްޓް ރިސޯޓު ވަނީ އިންސްޕެކްޓްކޮށްފައެވެ.

  • އަދާރަން ސެލެކްޓް މީދުއްޕަރު
  • ދަ ސްޓޭންޑަރޑް، ހުރުވަޅި މޯލްޑިވްސް
  • އިންޓަރކޮންޓިނެންޓަލް މޯލްޑިވްސް
  • އެމެރަލްޑް މޯލްޑިވްސް ރިސޯޓް އެންޑް ސްޕާ
  • ފުރަވެރި އައިލެންޑް ރިސޯޓް އެންޑް ސްޕާ
  • ހެރިޓެންސް އާރަށް
  • ދިގަލި މޯލްޑިވްސް
  • ރީތިފަރު ރިސޯޓް
  • ކުޑަފުށި ރިސޯޓް އެންޑް ސްޕާ
  • ޔޫ އެންޑް މީ ބައި ކޮކޫން
  • ފާރުފުށި މޯލްޑިވްސް
  • ޖޯލި މޯލްޑިވްސް
  • ބްރެނިއާ ކޮއްޓެފަރު

މީގެ އިތުރުން، ރ. އިފުރުގައި ތަރައްޤީކުރަމުންދާ އިފުރު ޓްރާންސިޓް ހޮޓެލްގެ އިންސްޕެކްޝަނެއްވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ.

ވަޒީފާއާބެހޭ ޤާނޫނުގެ 81 ވަނަ މާއްދާގެ ދަށުން، ކުރިން އެންގުމަކާނުލައި ކޮންމެ ވަގުތެއްގައިވެސް މަސައްކަތްކުރާ ތަނަށް ވަދެ އެތަނެއް ބަލައި ފާސްކުރުމުގެ ބާރު ލޭބަރ ރިލޭޝަންސް އޮތޯރިޓީއަށް ލިބިގެންވެއެވެ. އަދި މިގޮތުން ބަލައި ފާސްކުރާ ތަންތަނުން ފާހަގަކުރެވޭ ވަޒީފާއާގުޅޭ މައްސަލަތައް އިޞްލާޙުކުރުމަށް ދެވޭ ފުރުޞަތުގައި އިޞްލާޙު ނުކޮށްފިނަމަ، އެ ޤާނޫނުގެ ދަށުން އިދާރީ ފިޔަވަޅު އެޅުމުގެ ބާރުވެސް ލިބިގެންވެއެވެ.