މާޅޮސްމަޑުލު އުތުރުބުރީ މީދޫ ރައްޔިތުންނަށް، ވަޒީފާއާބެހޭ ޤާނޫނާ ބެހޭގޮތުން މަޢުލޫމާތުދިނުމުގެ ސެޝަނެއް ބާއްވައިފި

ވަޒީފާއާބެހޭ ޤާނޫނާއި އެ ޤާނޫނުގެ ދަށުން ހެދިފައިވާ ގަވައިދުތަކަށް ޢާންމުން ހޭލުންތެރިކުރުމަށްޓަކައި ލޭބަރ ރިލޭޝަންސް އޮތޯރިޓީން ކުރިއަށްގެންދާ ޕްރޮގްރާމްތަކުގެ ތެރެއިން، ރ. މީދޫގައި މަޢުލޫމާތުދިނުމުގެ ސެޝަނެއް ބާއްވައިފިއެވެ. މީދޫ ކައުންސިލާ ގުޅިގެން ހިންގި މި ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ އެރަށުގައި ވަޒީފާއަދާކުރާ ފަރާތްތަކާއި، ވަޒީފާދޭ ފަރާތްތަކާއި އަދި ޢާންމުންނަށްވެސް ހުޅުވާލައިގެންނެވެ. މި ސެޝަންގައި، ވަޒީފާއާބެހޭ ޤާނޫނާ ގުޅޭ މަޢުލޫމާތުދިނުމުގެ އިތުރުން، ބައިވެރިންގެ ސުވާލުތަކަށް ޖަވާބު ދިނުމާއި ލޭބަރ ރިލޭޝަންސް އޮތޯރިޓީގެ މަސައްކަތްތަކާ ބެހޭގޮތުންވެސް ވަނީ މަޢުލޫމާތު ޙިއްސާކުރެވިފައެވެ.

މި ސެޝަނަށް ހާޒިރުވި ފަރާތްތަކަށް، ލޭބަރ ރިލޭޝަންސް އޮތޯރިޓީން 2020 ވަނަ އަހަރަށް ތައްޔާރުކޮށްފައިވާ ކަލަންޑަރު ވަނީ ހަދިޔާ ކޮށްފައެވެ.