ލޭބަރ ރިލޭޝަންސް އޮތޯރިޓީން އދ. އަތޮޅުގައި އިންސްޕެކްޝަންތަކެއް ކުރިއަށް ގެންގޮސްފި

ވަޒީފާއާބެހޭ ޤާނޫނާއި ޤާނޫނުގެ ދަށުން ހެދިފައިވާ ގަވާޢިދުތަކަށް ވަޒީފާދޭފަރާތްތަކުން އަމަލުކުރާ މިންވަރު ބެލުމަށް އިންސްޕެކްޝަންސްތައް ހިންގުމަށާއި، އެވެއަރނަސް ޕްރޮގްރާމްތައް ހިންގުމަށް، މި އޮތޯރިޓީން، އެޕްރީލް މަހުގެ 30 އިން މޭ މަހުގެ 18 އަށް އދ. އަތޮޅަށް ދަތުރުތަކެއް ކޮށްފައިވެއެވެ. އެގޮތުން އދ އަތޮޅުގައި ވަޒީފާދީގެން އެންމެ ގިނައިން މުވައްޒަފުން ގެންގުޅޭ ރަށްތަކުގެ ތެރެއިން ދަނގެތި، މަހިބަދޫ އަދި އޮމަދޫގައި ޖުމްލަ 180 އެތައް އިންސްޕެކްޝަނެއް މިއޮތޯރިޓީން ކޮށްފައިވެއެވެ. ވަޒީފާގައި މުވައްޒަފުން ގެންގުޅޭއިރު ފުރިހަމަކުރަންޖެހޭ ލިޔެކިޔުންތައް ފުރިހަމަކުރެވިފައި … Read more

ލޭބަރ ރިލޭޝަންސް އޮތޯރިޓީގެ ޚިދުމަތް ހއ. އަތޮޅުގައި ފެށުމަށް އަތޮޅު ކައުންސިލާއެކު އެމް.އޯ.ޔޫއެއްގައި ސޮއިކޮށްފި

ލޭބަރ ރިލޭޝަންސް އޮތޯރިޓީގެ ޑިރެކްޓަރ އަލްފާޟިލް މިޒުހަތު ނަޢީމް (ކ) އާއި ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލްގެ ރައީސް އަލްފާޟިލް މޫސާ ޝަފީޤު (ވ)

ލޭބަރ ރިލޭޝަންސް އޮތޯރިޓީއަށް ހުށަހަޅޭ މައްސަލަތައް ގާތުން ބަލައި، އަވަސް ފިޔަވަޅުތައް އެޅޭނެ ނިޒާމެއް ޤާއިމްކުރުމުގެ ގޮތުން، މި އޮތޯރިޓީގެ ވަޒީފާއާބެހޭ އޮފިސަރުން ތިލަދުންމަތީ އުތުރުބުރީގައި ބޭތިއްބުމަށް، އަތޮޅު ކައުންސިލާއެކު މެމޮރަންޑަމް އޮފް އަންޑަސްޓޭންޑިންގ (އެމް.އޯ.ޔޫ) އެއްގައި މިއަދު ސޮއިކޮށްފިއެވެ. މިއަދު ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލުގައި ބޭއްވުނު ރަސްމިއްޔާތެއްގައި، މި އެމް.އޯ.ޔޫގައި ސޮއިކޮށްފައިވަނީ އަތޮޅު ކައުންސިލުގެ ފަރާތުން، ކައުންސިލްގެ ރައީސް އަލްފާޟިލް މޫސާ ޝަފީޤުއެވެ. އަދި އެލް.އާރް.އޭގެ ފަރާތުން ސޮއިކޮށްފައިވަނީ، އޮތޯރިޓީގެ ޑިރެކްޓަރ އަލްފާޟިލް އަޙްމަދު … Read more

ތ. އަތޮޅާއި ލ. އަތޮޅުގެ އިންސްޕެކްޝަންތަކެއް ލޭބަރ ރިލޭޝަންސް އޮތޯރިޓީން ކުރިއަށް ގެންގޮސްފި

ތ. އަތޮޅާއި ލ. އަތޮޅުގައި ހިންގާ ޓޫރިސްޓު ރިސޯޓުތަކާއި، ލ. ގަމާއި ފޮނަދޫގައި ހިންގަމުންދާ ވިޔަފާރިތަކުގެ އިންސްޕެކްޝަން، މިހިނގާ އޮގަސްޓު މަހުގެ 11 އިން 18 ލޭބަރ ރިލޭޝަންސް އޮތޯރިޓީން ކުރިއަށްގެންގޮސްފިއެވެ. މިއީ ވަޒީފާއާބެހޭ ޤާނޫނާއި، އެ ޤާނޫނުގެ ދަށުން ހެދިފައިވާ ގަވާއިދުތަކަށް ޢަމަލުކުރާ މިންވަރު ބަލައި ޗެކުކުރުމަށް، ވަޒީފާދީގެން މުވައްޒަފުން ގެންގުޅޭ ތަންތަން ބަލައި ޗެކުކުރުމަށް ލޭބަރ ރިލޭޝަންސް އޮތޯރިޓީން ދޭތެރެ ދޭތެރެއިން ކުރިއަށް ގެންދާ އިންސްޕެކްޝަންތަކުގެ ތެރެއިން އިންސްޕެކްޝަނެކެވެ. އެގޮތުން، ތ. އަތޮޅުގައި ހިންގާ … Read more

ލޭބަރ ރިލޭޝަންސް އޮތޯރިޓީގެ ޚިދުމަތް ނ. އަތޮޅުގައި ފެށުމަށް އަތޮޅު ކައުންސިލާއެކު އެމް.އޯ.ޔޫއެއްގައި ސޮއިކޮށްފި

ލޭބަރ ރިލޭޝަންސް އޮތޯރިޓީއަށް ހުށަހަޅޭ މައްސަލަތައް ގާތުން ބަލައި، އަވަސް ފިޔަވަޅުތައް އެޅޭނެ ނިޒާމެއް ޤާއިމްކުރުމުގެ ގޮތުން، މި އޮތޯރިޓީގެ ވަޒީފާއާބެހޭ އޮފިސަރުން މިލަދުންމަޑުލު ދެކުނުބުރީގައި ބޭތިއްބުމަށް، އަތޮޅު ކައުންސިލާއެކު މެމޮރަންޑަމް އޮފް އަންޑަސްޓޭންޑިންގ (އެމް.އޯ.ޔޫ) އެއްގައި މިއަދު ސޮއިކޮށްފިއެވެ. މިއަދު މިލަދުންމަޑުލު އުތުރުބުރީ އަތޮޅު ކައުންސިލުގައި ބޭއްވުނު ރަސްމިއްޔާތެއްގައި، މި އެމް.އޯ.ޔޫގައި ސޮއިކޮށްފައިވަނީ އަތޮޅު ކައުންސިލުގެ ފަރާތުން، ކައުންސިލްގެ ރައީސް އަލްފާޟިލް މުޙައްމަދު ބަޝީރެވެ. އަދި އެލް.އާރް.އޭގެ ފަރާތުން ސޮއިކޮށްފައިވަނީ، އޮތޯރިޓީގެ ޑިރެކްޓަރ އަލްފާޟިލް އަޙްމަދު … Read more

ފ. އަަތޮޅާއި ދ. އަތޮޅުގައި ހިންގާ ރިސޯޓުތައް، ލޭބަރ ރިލޭޝަންސް އޮތޯރިޓީން އިންސްޕެކްޓްކޮށްފި

ވަޒީފާއާބެހޭ ޤާނޫނަށް 2020 ވަނަ އަހަރު ގެނެވުނު އިޞްލާޙާއެކު، ފަތުުރުވެރިކަމުގެ ޞިނާޢަތުގައި ހިންގާ ވިޔަފާރިތަކުން ސަރވިސްޗާޖް ނެގުން ލާޒިމުކުރުމާ ގުޅިގެންނާއި، 2021 ވަނަ އަހަރު މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓް ނެރުއްވި މިނިމަމް ވޭޖް އަމުރާ ގުޅިގެން، އެކަންކަމަށް ވަޒީފާދޭ ފަރާތްތަކުން ޢަމަލުކުރާ މިންވަރު ބެލުމަށް، ފަތުރުވެރިކަމުގެ ޞިނާޢަތުގައި ހިންގާ ވިޔަފާރިތަކުގެ ތެރެއިން ޓޫރިސްޓް ރިސޯޓުތައް ބަލައި ޗެކުކުރުމަށް ލޭބަރ ރިލޭޝަންސް އޮތޯރިޓީން ކުރިއަށް ގެންދާ އިންސްޕެކްޝަންތަކުގެ ތެރެއިން، ފ. އަަތޮޅާއި ދ. އަތޮޅުގައި ހިންގާ ރިސޯޓުތައް … Read more