ރ. އަތޮޅުގައި ހިންގާ ރިސޯޓުތަކުގެ އިންސްޕެކްޝަނެއް ލޭބަރ ރިލޭޝަންސް އޮތޯރިޓީން ކުރިއަށް ގެންގޮސްފި

ރ. އަތޮޅުގައި ހިންގާ ޓޫރިސްޓު ރިސޯޓުތައް އިންސްޕެކްޓު ކުރުމަށާއި ވަޒީފާދޭ ފަރާތްތަކަށް ސަރވިސްޗާޖާބެހޭ ގަވާއިދާ ގުޅޭ މަޢުލޫމާތު ދިނުމަށް، ލޭބަރ ރިލޭޝަންސް އޮތޯރިޓީގެ ޓީމެއް ޖަނަވަރީ މަހުގެ 13 އިން 19 އަށް އެއަތޮޅަށް ދަތުރެއް ކޮށްފިއެވެ. މިއަތޮޅުގައި ހިންގަމުންދާ 9 ރިސޯޓެއް މިޓީމްގެ ފަރާތުން އިންސްޕެކްޓް ކޮށްފައިވެއެވެ. އެގޮތުން ވަޒީފާއާބެހޭ ޤާނޫނަށް ރިސޯޓުގެ މެނޭޖްމަންޓް އަހުލުވެރިކުރުމަށް މަޢުލޫމާތުދީ، ސަރވިސްޗާޖާ ގުޅޭ މަޢުލޫމާތު ހުށަހެޅުމަށް ލޭބަރ ރިލޭޝަންސް އޮތޯރިޓީއާއި މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ ގުޅިގެން ތައްޔާރުކޮށްފައިވާ … Read more

މީރާކަނެކްޓް މެދުވެރިކޮށް ސަރވިސްޗާޖުގެ މަޢުލޫމާތު ހުށަހަޅަންޖެހޭ ގޮތުގެ އިރުޝާދު

ވަޒީފާދޭ ފަރާތަށް ސަރވިސްޗާޖުގެ ގޮތުގައި ކޮންމެ މަހަކަށް ލިބުނު އާމްދަނީގެ ތަފްޞީލާއި، މުވައްޒަފުންގެ މެދުގައި ސަރވިސްޗާޖް ބެހިގޮތުގެ މަޢުލޫމާތު ބަލަހައްޓަންވާނެ ކަމަށާއި، އެ މަޢުލޫމާތު ގަވާއިދުން ލޭބަރ ރިލޭޝަންސް އޮތޯރިޓީއަށާއި މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީއަށް ހުށަހަޅަންވާނެކަމަށް ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 52 ވަނަ މާއްދާއާއި ގަވާއިދު ނަންބަރު 2021/R-41 (ސަރވިސްޗާޖާބެހޭ ގަވާއިދު) ގެ 12 ވަނަ މާއްދާގައި ބަޔާންކޮށްފައިވެއެވެ. ސަރވިސްޗާޖުގެ މަޢުލޫމާތު ވަޒީފާދޭ ފަރާތްތަކަށް ފަސޭހައިން ހުށަހެޅޭނެ ނިޒާމެއް ޤާއިމުކުރުމަށްޓަކައި "މީރާކަނެކްޓް" ... Read more