ވަޒީފާދޭ ފަރާތްތަކަށް އަމާޒުކޮށްގެން ޤާނޫނަށް އަހުލުވެރިކުރުމުގެ ޕްރޮގްރާމެއް ޅ. ނައިފަރުގައި ހިންގައިފި

ލޭބަރ ރިލޭޝަންސް އޮތޯރިޓީއާއި ފާދިއްޕޮޅު ނައިފަރު ކައުންސިލް ގުޅިގެން، އެރަށުގައި ވަޒީފާދީގެން މުވައްޒަފުން ގެންގުޅޭ ފަރާތްތަކަށް އަމާޒުކޮށްގެން، ވަޒީފާއާބެހޭ ޤާނޫނަށް އަހުލުވެރިކުރުމުގެ ޕްރޮގްރާމެއް ހިންގައިފިއެވެ. މި ޕްރޮގްރާމް ހިންގާފައިވަނީ މިހިނގާ މޭ މަހުގެ 13 ވަނަ ދުވަހު، ނައިފަރު ކައުންސިލް އިދާރާގައެވެ. އަދި ގޫގުލް މީޓް މެދުވެރިކޮށް މި ސެޝަން ވަނީ އޮންލައިންކޮށްވެސް ކުރިއަށް ގެންގޮސްފައެވެ. މި އެވެއަރނެސް ސެޝަންގައި، ވަޒީފާދޭފަރާތުން ބަލަހައްޓަންޖެހޭ މުވައްޒަފުންނާ ގުޅޭ ލިޔެކިޔުންތައް ބެލެހެއްޓުމާ ގުޅޭގޮތުންނާއި، ޤާނޫނީ ގޮތުން ދެފަރާތުން އަދާކުރަންޖެހޭ ޒިންމާތަކާއި … Read more

ޅ. އަތޮޅުގައި ހިންގާ ރިސޯޓުތައް ލޭބަރ ރިލޭޝަންސް އޮތޯރިޓީން އިންސްޕެކްޓްކޮށްފި

ޅ. އަތޮޅުގައި ހިންގާ ޓޫރިސްޓު ރިސޯޓުތަކުން، ވަޒީފާއާބެހޭ ޤާނޫނަށް ޢަމަލުކުރާ މިންވަރު ބަލައި ޗެކުކުރުމަށް، ލޭބަރ ރިލޭޝަންސް އޮތޯރިޓީން އެ ރިސޯޓުތައް އިންސްޕެކްޓްކޮށްފިއެވެ. މިހިނގާ މޭ މަހުގެ 11 އިން 14 އަށް ކުރިއަށް ގެންދިޔަ އިންސްޕެކްޝަންތަކުގައި، ވަޒީފާދޭ ފަރާތްތަކަށް ސަރވިސްޗާޖާބެހޭ ގަވާއިދާ ގުޅޭ މަޢުލޫމާތު ދިނުމާއި، ޤާނޫނަށް އަހުލުވެރިކުރުމުގެ ޕްރޮގްރާމްތައްވެސް ވަނީ ހިންގާފައެވެ. ލޭބަރ ރިލޭޝަންސް އޮތޯރިޓީގެ އިންސްޕެކްޝަންތަކުގައި، ޅ. އަތޮޅުގައި ހިންގަމުންދާ 9 ރިސޯޓަކާއި މަސް ފެކްޓްރީއެއް ހިންގަމުންދާ ޅ. ފެލިވަރުވެސް ވަނީ ބަލައި … Read more

ލޭބަރ ރިލޭޝަންސް އޮތޯރިޓީގެ ޚިދުމަތް ރ. އަތޮޅުގައި ފެށުމަށް އަތޮޅު ކައުންސިލާއެކު އެމް.އޯ.ޔޫއެއްގައި ސޮއިކޮށްފި

ލޭބަރ ރިލޭޝަންސް އޮތޯރިޓީއަށް ހުށަހަޅޭ މައްސަލަތައް ގާތުން ބަލައި، އަވަސް ފިޔަވަޅުތައް އެޅޭނެ ނިޒާމެއް ޤާއިމްކުރުމުގެ ގޮތުން، މި އޮތޯރިޓީގެ ވަޒީފާއާބެހޭ އޮފިސަރުން މާޅޮސްމަޑުލު އުތުރުބުރީގައި ބޭތިއްބުމަށް، އަތޮޅު ކައުންސިލާއެކު މެމޮރަންޑަމް އޮފް އަންޑަސްޓޭންޑިންގ (އެމް.އޯ.ޔޫ) އެއްގައި މިއަދު ސޮއިކޮށްފިއެވެ. މިއަދު މާޅޮސްމަޑުލު އުތުރުބުރީ އަތޮޅު ކައުންސިލުގައި ބޭއްވުނު ރަސްމިއްޔާތެއްގައި، މި އެމް.އޯ.ޔޫގައި ސޮއިކޮށްފައިވަނީ އަތޮޅު ކައުންސިލުގެ ފަރާތުން، ކައުންސިލްގެ ރައީސް އަލްފާޟިލް ޙަސަން ނާޞިފެވެ. އަދި އެލް.އާރް.އޭގެ ފަރާތުން ސޮއިކޮށްފައިވަނީ، އޮތޯރިޓީގެ ޑިރެކްޓަރ އަލްފާޟިލް އަޙްމަދު … Read more

ނ. އަތޮޅުގައި ހިންގާ ރިސޯޓުތަކުގެ އިންސްޕެކްޝަނެއް ލޭބަރ ރިލޭޝަންސް އޮތޯރިޓީން ކުރިއަށް ގެންގޮސްފި

ނ. އަތޮޅުގައި ހިންގާ ޓޫރިސްޓު ރިސޯޓުތައް އިންސްޕެކްޓު ކުރުމަށާއި ވަޒީފާދޭ ފަރާތްތަކުން ސާރވިސްޗާޖާބެހޭ ގަވާއިދާ ގުޅޭ މަޢުލޫމާތު ދިނުމަށް އަހުލުވެރިކުރުމަށް ލޭބަރ ރިލޭޝަންސް އޮތޯރިޓީގެ ޓީމެއް ފެބުރުވަރީ މަހުގެ 19 އިން 23 އަށް ދަތުރެއް ކޮށްފައިވެއެވެ. މިއަތޮޅުގައި ހިންގަމުންދާ 6 ރިސޯޓެއް މިޓީމްގެ ފަރާތުން އިންސްޕެކްޓްކޮށްފައިވެއެވެ. އެގޮތުން ވަޒީފާއާބެހޭ ޤާނޫނަށް ރިސޯޓުގެ މެނޭޖްމަންޓުގެ ބޭފުޅުން އަހުލުވެރިކުރުމަށާއި، ސަރވިސްޗާޖާ ގުޅޭ މަޢުލޫމާތު ހުށަހެޅުމަށް ލޭބަރ ރިލޭޝަންސް އޮތޯރިޓީއާއި މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ ގުޅިގެން ގާއިމްކޮށްފައިވާ ޕޯޓަލްގެ … Read more