ފ. އަަތޮޅާއި ދ. އަތޮޅުގައި ހިންގާ ރިސޯޓުތައް، ލޭބަރ ރިލޭޝަންސް އޮތޯރިޓީން އިންސްޕެކްޓްކޮށްފި

ވަޒީފާއާބެހޭ ޤާނޫނަށް 2020 ވަނަ އަހަރު ގެނެވުނު އިޞްލާޙާއެކު، ފަތުުރުވެރިކަމުގެ ޞިނާޢަތުގައި ހިންގާ ވިޔަފާރިތަކުން ސަރވިސްޗާޖް ނެގުން ލާޒިމުކުރުމާ ގުޅިގެންނާއި، 2021 ވަނަ އަހަރު މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓް ނެރުއްވި މިނިމަމް ވޭޖް އަމުރާ ގުޅިގެން، އެކަންކަމަށް ވަޒީފާދޭ ފަރާތްތަކުން ޢަމަލުކުރާ މިންވަރު ބެލުމަށް، ފަތުރުވެރިކަމުގެ ޞިނާޢަތުގައި ހިންގާ ވިޔަފާރިތަކުގެ ތެރެއިން ޓޫރިސްޓް ރިސޯޓުތައް ބަލައި ޗެކުކުރުމަށް ލޭބަރ ރިލޭޝަންސް އޮތޯރިޓީން ކުރިއަށް ގެންދާ އިންސްޕެކްޝަންތަކުގެ ތެރެއިން، ފ. އަަތޮޅާއި ދ. އަތޮޅުގައި ހިންގާ ރިސޯޓުތައް … Read more

އދ. އަތޮޅުގައި ހިންގާ ރިސޯޓުތައް، ލޭބަރ ރިލޭޝަންސް އޮތޯރިޓީން އިންސްޕެކްޓްކޮށްފި

އދ. އަތޮޅުގައި ހިންގާ ޓޫރިސްޓު ރިސޯޓުތަކުން، ވަޒީފާއާބެހޭ ޤާނޫނަށް ޢަމަލުކުރާ މިންވަރު ބަލައި ޗެކުކުރުމަށް، ލޭބަރ ރިލޭޝަންސް އޮތޯރިޓީން އެ ރިސޯޓުތައް އިންސްޕެކްޓްކޮށްފިއެވެ. މިހިނގާ ޖުލައިމަހުގެ 09 އިން 17 އަށް ކުރިއަށް ގެންދިޔަ އިންސްޕެކްޝަންތަކުގައި، ވަޒީފާދޭ ފަރާތްތަކަށް ސަރވިސްޗާޖާބެހޭ ގަވާއިދާ ގުޅޭ މަޢުލޫމާތު ދިނުމާއި، ޤާނޫނަށް އަހުލުވެރިކުރުމުގެ ޕްރޮގްރާމްތައްވެސް ވަނީ ހިންގާފައެވެ. ލޭބަރ ރިލޭޝަންސް އޮތޯރިޓީގެ އިންސްޕެކްޝަންތަކުގައި، އދ. އަތޮޅުގައި ހިންގާ 17 ޓޫރިސްޓް ރިސޯޓުގެ އިތުރުން، އެއަތޮޅު މަންދޫގައި ހިންގާ ފިޔަވަޅު މޯލްޑިވްސް ހޮޓެލްއާއި … Read more

ވަޒީފާދޭ ފަރާތްތަކަށް އަމާޒުކޮށްގެން ޤާނޫނަށް އަހުލުވެރިކުރުމުގެ ޕްރޮގްރާމެއް ޅ. ނައިފަރުގައި ހިންގައިފި

ލޭބަރ ރިލޭޝަންސް އޮތޯރިޓީއާއި ފާދިއްޕޮޅު ނައިފަރު ކައުންސިލް ގުޅިގެން، އެރަށުގައި ވަޒީފާދީގެން މުވައްޒަފުން ގެންގުޅޭ ފަރާތްތަކަށް އަމާޒުކޮށްގެން، ވަޒީފާއާބެހޭ ޤާނޫނަށް އަހުލުވެރިކުރުމުގެ ޕްރޮގްރާމެއް ހިންގައިފިއެވެ. މި ޕްރޮގްރާމް ހިންގާފައިވަނީ މިހިނގާ މޭ މަހުގެ 13 ވަނަ ދުވަހު، ނައިފަރު ކައުންސިލް އިދާރާގައެވެ. އަދި ގޫގުލް މީޓް މެދުވެރިކޮށް މި ސެޝަން ވަނީ އޮންލައިންކޮށްވެސް ކުރިއަށް ގެންގޮސްފައެވެ. މި އެވެއަރނެސް ސެޝަންގައި، ވަޒީފާދޭފަރާތުން ބަލަހައްޓަންޖެހޭ މުވައްޒަފުންނާ ގުޅޭ ލިޔެކިޔުންތައް ބެލެހެއްޓުމާ ގުޅޭގޮތުންނާއި، ޤާނޫނީ ގޮތުން ދެފަރާތުން އަދާކުރަންޖެހޭ ޒިންމާތަކާއި … Read more

ޅ. އަތޮޅުގައި ހިންގާ ރިސޯޓުތައް ލޭބަރ ރިލޭޝަންސް އޮތޯރިޓީން އިންސްޕެކްޓްކޮށްފި

ޅ. އަތޮޅުގައި ހިންގާ ޓޫރިސްޓު ރިސޯޓުތަކުން، ވަޒީފާއާބެހޭ ޤާނޫނަށް ޢަމަލުކުރާ މިންވަރު ބަލައި ޗެކުކުރުމަށް، ލޭބަރ ރިލޭޝަންސް އޮތޯރިޓީން އެ ރިސޯޓުތައް އިންސްޕެކްޓްކޮށްފިއެވެ. މިހިނގާ މޭ މަހުގެ 11 އިން 14 އަށް ކުރިއަށް ގެންދިޔަ އިންސްޕެކްޝަންތަކުގައި، ވަޒީފާދޭ ފަރާތްތަކަށް ސަރވިސްޗާޖާބެހޭ ގަވާއިދާ ގުޅޭ މަޢުލޫމާތު ދިނުމާއި، ޤާނޫނަށް އަހުލުވެރިކުރުމުގެ ޕްރޮގްރާމްތައްވެސް ވަނީ ހިންގާފައެވެ. ލޭބަރ ރިލޭޝަންސް އޮތޯރިޓީގެ އިންސްޕެކްޝަންތަކުގައި، ޅ. އަތޮޅުގައި ހިންގަމުންދާ 9 ރިސޯޓަކާއި މަސް ފެކްޓްރީއެއް ހިންގަމުންދާ ޅ. ފެލިވަރުވެސް ވަނީ ބަލައި … Read more