ހއ. ކެލާގައި ހިންގާ ގެސްޓުހައުސްތައް ލޭބަރ ރިލޭޝަންސް އޮތޯރިޓީން އިންސްޕެކްޓްކޮށްފި

ހއ. ކެލާގައި ހިންގާ ޓޫރިސްޓް ގެސްޓުހައުސްތައް އިންސްޕެކްޓް ކުރުމަށާއި ވަޒީފާދޭ ފަރާތްތަކަށް ސާރވިސްޗާޖާބެހޭ ގަވާއިދާ ގުޅޭ މަޢުލޫމާތު ދިނުމަށް ލޭބަރ ރިލޭޝަންސް އޮތޯރިޓީގެ ޓީމެއް މާރިޗު މަހުގެ 17 އިން 20 އަށް ދަތުރެއް ކޮށްފައިވެއެވެ.

މިދަތުރުގައި، ވަޒީފާއާބެހޭ ޤާނޫނަށް ގެސްޓުހައުސްތަކުގެ މެނޭޖްމަންޓުގެ ބޭފުޅުން އަހުލުވެރިކުރުވުމާއި، ސަރވިސްޗާޖާ ގުޅޭ މަޢުލޫމާތު ހުށަހެޅުމަށް ލޭބަރ ރިލޭޝަންސް އޮތޯރިޓީއާއި މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ ގުޅިގެން ގާއިމްކޮށްފައިވާ ޕޯޓަލްގެ ތެރެއިން ގެސްޓުހައުސްތަކުން މަސައްކަތްކުރަމުންދާ މިންވަރު ބެލުމުގެ އިތުރުން، ވަޒީފާދޭ ފަރާތަކަށް ދިމާވާ ގޮންޖެހުންތަކާ ގުޅޭގޮތުން މަޝްވަރާ ކުރެވިފައިވެއެވެ.

މީގެ އިތުރުން، ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންގެ ދަފްތަރު ބެލެހެއްޓުމަށް މިއޮތޯރިޓީން ފަރުމާކޮށްފައިވާ “ހަރަހެރި” ޕޯޓަލްގެ މަސައްކަތާ ގުޅޭގޮތުން ހއ. އަތޮޅު ކައުންސިލާއި، އެއަތޮޅު ދިއްދޫ އަދި ތަކަންދޫ ކައުންސިލާއެކު މަޝްވަރާކުރެވިފައިވެއެވެ.