ލޭބަރ ރިލޭޝަންސް އޮތޯރިޓީގެ ޚިދުމަތް ލާމު އަތޮޅުގައި ފެށުމަށް އަތޮޅު ކައުންސިލާއެކު ފަހުމުނާމާއެއްގައި ސޮއިކޮށްފި

ލޭބަރ ރިލޭޝަންސް އޮތޯރިޓީގެ ޚިދުމަތްތައް ރައްޔިތުންނަށް ގާތުން ލިބޭނެ ނިޒާމެއް ގާއިމުކުރުމަށާއި، އަތޮޅުތެރޭގައި ވަޒީފާ އަދާކުރާ ފަރާތްތަކަށް ޤާނޫނުން ލިބިދޭ ހައްޤުތައް ފުރިހަމައަށް ލިބެމުންދާކަން ކަށަވަރު ކުރުމަށް، މިއޮތޯރިޓީގެ ވަޒީފާއާބެހޭ އޮފިސަރުން ލާމު އަތޮޅުގައި ބޭތިއްބުމަށް، އަތޮޅު ކައުންސިލާއެކު ފަހުމުނާމާއެއްގައި މިއަދު ސޮއިކޮށްފިއެވެ. މިއަދު އަތޮޅު ކައުންސިލު އިދާރާގައި ބޭއްވުނު ރަސްމިއްޔާތެއްގައި، ފަހުމުނާމާގައި ސޮއިކޮށްފައިވަނީ އަތޮޅު ކައުންސިލުގެ ފަރާތުން، ރައީސް އަލްފާޟިލް އިސްމާޢީލް ޢަލީ އަދި އެލް.އާރް.އޭގެ ފަރާތުން ސޮއިކޮށްފައިވަނީ، އޮތޯރިޓީގެ ޑިރެކްޓަރ ޖެނެރަލް އަލްފާޟިލް އަޙްމަދު … Read more

ލޭބަރ ރިލޭޝަންސް އޮތޯރިޓީގެ ޚިދުމަތް ހުވަދުއަތޮޅުގައި ފެށުމަށް އަތޮޅު ކައުންސިލްތަކާއެކު ފަހުމުނާމާގައި ސޮއިކޮށްފި

ލޭބަރ ރިލޭޝަންސް އޮތޯރިޓީއަށް ހުށަހަޅޭ މައްސަލަތައް ގާތުން ބަލައި، އަވަސް ފިޔަވަޅުތައް އެޅޭނެ ނިޒާމެއް ޤާއިމްކުރުމަށާއި، އަތޮޅުތެރޭގައި ވަޒީފާ އަދާކުރާ ފަރާތްތަކަށް ޤާނޫނުން ލިބިދޭ ހައްޤުތައް ފުރިހަމައަށް ލިބެމުންދާކަން ކަށަވަރު ކުރުމުގެގޮތުން، މި އޮތޯރިޓީގެ ވަޒީފާއާބެހޭ އޮފިސަރުން ހުވަދުއަތޮޅުގައި ބޭތިއްބުމަށް، ހުވަދުއަތޮޅު އުތުރުބުރި އާއި ދެކުނުބުރީގެ އަތޮޅު ކައުންސިލާއެކު ފަހުމުނާމާއެއްގައި 12 އަދި 13 ޖޫން 2023 ގައި ސޮއިކޮށްފިއެވެ. ހުވަދުއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލުގެ ފަރާތުން ފަހުމުނާމާގައި ސޮއިކޮށްފައިވަނީ ކައުންސިލުގެ ރައީސް އަލްފާޟިލް އިބްރާހީމް ޝާހީނެވެ. … Read more

ލޭބަރ ރިލޭޝަންސް އޮތޯރިޓީގެ ޚިދުމަތް އައްޑޫ ސިޓީގައި ފެށުމަށް ސިޓީ ކައުންސިލާއެކު އެމް.އޯ.ޔޫއެއްގައި ސޮއިކޮށްފި

ލޭބަރ ރިލޭޝަންސް އޮތޯރިޓީއަށް ހުށަހަޅޭ މައްސަލަތައް ގާތުން ބަލައި، އަވަސް ފިޔަވަޅުތައް އެޅޭނެ ނިޒާމެއް ޤާއިމްކުރުމުގެ ގޮތުން، މި އޮތޯރިޓީގެ ވަޒީފާއާބެހޭ އޮފިސަރުން އައްޑޫ ސިޓީގައި ބޭތިއްބުމަށް، ސިޓީ ކައުންސިލާއެކު މެމޮރަންޑަމް އޮފް އަންޑަސްޓޭންޑިންގ (އެމް.އޯ.ޔޫ) އެއްގައި މިއަދު ސޮއިކޮށްފިއެވެ. މިއަދު އައްޑޫ ސިޓީ ކައުންސިލުގައި ބޭއްވުނު ރަސްމިއްޔާތެއްގައި، މި އެމް.އޯ.ޔޫގައި ސޮއިކޮށްފައިވަނީ ސިޓީ ކައުންސިލުގެ ފަރާތުން، މޭޔަރ އަލްފާޟިލް ޢަލީ ނިޒާރު އަދި އެލް.އާރް.އޭގެ ފަރާތުން ސޮއިކޮށްފައިވަނީ، އޮތޯރިޓީގެ ޑިރެކްޓަރ ޖެނެރަލް އަލްފާޟިލް އަޙްމަދު މިޒުހަތު … Read more

ލޭބަރ ރިލޭޝަންސް އޮތޯރިޓީން އދ. އަތޮޅުގައި އިންސްޕެކްޝަންތަކެއް ކުރިއަށް ގެންގޮސްފި

ވަޒީފާއާބެހޭ ޤާނޫނާއި ޤާނޫނުގެ ދަށުން ހެދިފައިވާ ގަވާޢިދުތަކަށް ވަޒީފާދޭފަރާތްތަކުން އަމަލުކުރާ މިންވަރު ބެލުމަށް އިންސްޕެކްޝަންސްތައް ހިންގުމަށާއި، އެވެއަރނަސް ޕްރޮގްރާމްތައް ހިންގުމަށް، މި އޮތޯރިޓީން، އެޕްރީލް މަހުގެ 30 އިން މޭ މަހުގެ 18 އަށް އދ. އަތޮޅަށް ދަތުރުތަކެއް ކޮށްފައިވެއެވެ. އެގޮތުން އދ އަތޮޅުގައި ވަޒީފާދީގެން އެންމެ ގިނައިން މުވައްޒަފުން ގެންގުޅޭ ރަށްތަކުގެ ތެރެއިން ދަނގެތި، މަހިބަދޫ އަދި އޮމަދޫގައި ޖުމްލަ 180 އެތައް އިންސްޕެކްޝަނެއް މިއޮތޯރިޓީން ކޮށްފައިވެއެވެ. ވަޒީފާގައި މުވައްޒަފުން ގެންގުޅޭއިރު ފުރިހަމަކުރަންޖެހޭ ލިޔެކިޔުންތައް ފުރިހަމަކުރެވިފައި … Read more

ލޭބަރ ރިލޭޝަންސް އޮތޯރިޓީގެ ޚިދުމަތް ހއ. އަތޮޅުގައި ފެށުމަށް އަތޮޅު ކައުންސިލާއެކު އެމް.އޯ.ޔޫއެއްގައި ސޮއިކޮށްފި

ލޭބަރ ރިލޭޝަންސް އޮތޯރިޓީގެ ޑިރެކްޓަރ އަލްފާޟިލް މިޒުހަތު ނަޢީމް (ކ) އާއި ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލްގެ ރައީސް އަލްފާޟިލް މޫސާ ޝަފީޤު (ވ)

ލޭބަރ ރިލޭޝަންސް އޮތޯރިޓީއަށް ހުށަހަޅޭ މައްސަލަތައް ގާތުން ބަލައި، އަވަސް ފިޔަވަޅުތައް އެޅޭނެ ނިޒާމެއް ޤާއިމްކުރުމުގެ ގޮތުން، މި އޮތޯރިޓީގެ ވަޒީފާއާބެހޭ އޮފިސަރުން ތިލަދުންމަތީ އުތުރުބުރީގައި ބޭތިއްބުމަށް، އަތޮޅު ކައުންސިލާއެކު މެމޮރަންޑަމް އޮފް އަންޑަސްޓޭންޑިންގ (އެމް.އޯ.ޔޫ) އެއްގައި މިއަދު ސޮއިކޮށްފިއެވެ. މިއަދު ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލުގައި ބޭއްވުނު ރަސްމިއްޔާތެއްގައި، މި އެމް.އޯ.ޔޫގައި ސޮއިކޮށްފައިވަނީ އަތޮޅު ކައުންސިލުގެ ފަރާތުން، ކައުންސިލްގެ ރައީސް އަލްފާޟިލް މޫސާ ޝަފީޤުއެވެ. އަދި އެލް.އާރް.އޭގެ ފަރާތުން ސޮއިކޮށްފައިވަނީ، އޮތޯރިޓީގެ ޑިރެކްޓަރ އަލްފާޟިލް އަޙްމަދު … Read more

ހއ. ކެލާގައި ހިންގާ ގެސްޓުހައުސްތައް ލޭބަރ ރިލޭޝަންސް އޮތޯރިޓީން އިންސްޕެކްޓްކޮށްފި

ހއ. ކެލާގައި ހިންގާ ޓޫރިސްޓް ގެސްޓުހައުސްތައް އިންސްޕެކްޓް ކުރުމަށާއި ވަޒީފާދޭ ފަރާތްތަކަށް ސާރވިސްޗާޖާބެހޭ ގަވާއިދާ ގުޅޭ މަޢުލޫމާތު ދިނުމަށް ލޭބަރ ރިލޭޝަންސް އޮތޯރިޓީގެ ޓީމެއް މާރިޗު މަހުގެ 17 އިން 20 އަށް ދަތުރެއް ކޮށްފައިވެއެވެ. މިދަތުރުގައި، ވަޒީފާއާބެހޭ ޤާނޫނަށް ގެސްޓުހައުސްތަކުގެ މެނޭޖްމަންޓުގެ ބޭފުޅުން އަހުލުވެރިކުރުވުމާއި، ސަރވިސްޗާޖާ ގުޅޭ މަޢުލޫމާތު ހުށަހެޅުމަށް ލޭބަރ ރިލޭޝަންސް އޮތޯރިޓީއާއި މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ ގުޅިގެން ގާއިމްކޮށްފައިވާ ޕޯޓަލްގެ ތެރެއިން ގެސްޓުހައުސްތަކުން މަސައްކަތްކުރަމުންދާ މިންވަރު ބެލުމުގެ އިތުރުން، ވަޒީފާދޭ ފަރާތަކަށް … Read more

ށ. އަތޮޅާއި ނ. އަތޮޅުގައި ހިންގާ ރިސޯޓުތަކުގެ އިންސްޕެކްޝަނެއް ލޭބަރ ރިލޭޝަންސް އޮތޯރިޓީން ކުރިއަށް ގެންގޮސްފި

ށ. އަތޮޅާއި ނ. އަތޮޅުގައި ހިންގާ ޓޫރިސްޓު ރިސޯޓުތައް އިންސްޕެކްޓު ކުރުމަށާއި ވަޒީފާދޭ ފަރާތްތަކަށް ސާރވިސްޗާޖާބެހޭ ގަވާއިދާ ގުޅޭ މަޢުލޫމާތު ދިނުމަށާއި ޤާނޫނަށް އަހުލުވެރިކުރުމުގެ ޕްރޮގްރާމްތައް ހިންގުމަށް ލޭބަރ ރިލޭޝަންސް އޮތޯރިޓީގެ ޓީމެއް މާރިޗުމަހާއި ފެބުރުވަރީމަހު އެ ދެއަތޮޅަށް ދަތުރު ކޮށްފައިވެއެވެ. މިދަތުރުތަކުގައި، ށ. އަތޮޅުގައި ހިންގާ 2 ރިސޯޓަކާއި، ނ. އަތޮޅުގައި ހިންގާ 6 ރިސޯޓެއް އިންސްޕެކްޓްކޮށްފައިވެއެވެ. އެގޮތުން ވަޒީފާއާބެހޭ ޤާނޫނަށް ރިސޯޓުން އަމަލުކުރާ މިންވަރު ބެލުމުގެ އިތުރުން، ޤާނޫނަށް ރިސޯޓުގެ މެނޭޖްމަންޓުގެ ބޭފުޅުން އަހުލުވެރިކުރުވުމާއި، … Read more

ބ. އަތޮޅުގައި ހިންގާ ރިސޯޓުތައް ލޭބަރ ރިލޭޝަންސް އޮތޯރިޓީން އިންސްޕެކްޓްކޮށްފި

ބ. އަތޮޅުގައި ހިންގާ ޓޫރިސްޓު ރިސޯޓުތައް އިންސްޕެކްޓު ކުރުމަށާއި ވަޒީފާދޭ ފަރާތްތަކަށް ސާރވިސްޗާޖާބެހޭ ގަވާއިދާ ގުޅޭ މަޢުލޫމާތު ދިނުމަށާއި ޤާނޫނަށް އަހުލުވެރިކުރުމުގެ ޕްރޮގްރާމްތައް ހިންގުމަށް ލޭބަރ ރިލޭޝަންސް އޮތޯރިޓީގެ ޓީމެއް މާރިޗު މަހުގެ 3 އިން 8 އަށް އެއަތޮޅަށް ދަތުރެއް ކޮށްފައިވެއެވެ. މިއަތޮޅުގައި ހިންގަމުންދާ 17 ރިސޯޓެއް މިޓީމުގެ ފަރާތުން އިންސްޕެކްޓްކޮށްފައިވެއެވެ. އެގޮތުން ވަޒީފާއާބެހޭ ޤާނޫނަށް ރިސޯޓުން އަމަލުކުރާ މިންވަރު ބެލުމުގެ އިތުރުން، ޤާނޫނަށް ރިސޯޓުގެ މެނޭޖްމަންޓުގެ ބޭފުޅުން އަހުލުވެރިކުރުވުމާއި، ސަރވިސްޗާޖާ ގުޅޭ މަޢުލޫމާތު ހުށަހެޅުމަށް … Read more