ލޭބަރ ރިލޭޝަންސް އޮތޯރިޓީގެ ޚިދުމަތް ހުވަދުއަތޮޅުގައި ފެށުމަށް އަތޮޅު ކައުންސިލްތަކާއެކު ފަހުމުނާމާގައި ސޮއިކޮށްފި
ލޭބަރ ރިލޭޝަންސް އޮތޯރިޓީއަށް ހުށަހަޅޭ މައްސަލަތައް ގާތުން ބަލައި، އަވަސް ފިޔަވަޅުތައް އެޅޭނެ ނިޒާމެއް ޤާއިމްކުރުމަށާއި، އަތޮޅުތެރޭގައި ވަޒީފާ އަދާކުރާ ފަރާތްތަކަށް ޤާނޫނުން ލިބިދޭ ހައްޤުތައް ފުރިހަމައަށް ލިބެމުންދާކަން ކަށަވަރު ކުރުމުގެގޮތުން، މި އޮތޯރިޓީގެ ވަޒީފާއާބެހޭ އޮފިސަރުން ހުވަދުއަތޮޅުގައި ބޭތިއްބުމަށް، ހުވަދުއަތޮޅު އުތުރުބުރި އާއި ދެކުނުބުރީގެ އަތޮޅު ކައުންސިލާއެކު ފަހުމުނާމާއެއްގައި 12 އަދި 13 ޖޫން 2023 ގައި ސޮއިކޮށްފިއެވެ. ހުވަދުއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލުގެ ފަރާތުން ފަހުމުނާމާގައި ސޮއިކޮށްފައިވަނީ ކައުންސިލުގެ ރައީސް އަލްފާޟިލް އިބްރާހީމް ޝާހީނެވެ. … Read more