އިންޑޮނޭޝިއާގެ އައު ސަފީރު, ލޭބަރ ރިލޭޝަންސް އޮތޯރިޓީއާއެކު ބައްދަލުވުމެއް ބާއްވައިފި
އިންޑޮނޭޝިއާގެ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު ހަރ އެކްސަލެންސީ ދޭވީ ގުސްތީނާ ޓޯބިންގ، ލޭބަރ ރިލޭޝަންސް އޮތޯރިޓީއަށް އިޙުތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ. މިޒިޔާރަތުގައި އެކަމަނާ ވަނީ މިއޮތޯރިޓީގެ އިސްވެރިންނާ ބައްދަލުކޮށް މިއޮތޯރިޓީގެ މަސައްކަތްތަކާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފައެވެ. އަދި ދިވެހިރާއްޖޭގައި މަސައްކަތް ކުރަމުންދާ އިންޑޮނޭޝިއާގެ މަސައްކަތްތެރިންގެ ހުރި ކަންބޮޑުވުންތަކާއި އެފަރާތްތަކަށް ކުރިމަތިވާ ގޮންޖެހުންތަކާ ގުޅޭގޮތުންނާއި، އެފަރާތްތަކުގެ ހައްޤުތައް ހިމާޔަތްކުރުމަށް މިއޮތޯރިޓީއާ ގުޅިގެން ކުރިޔަށް ގެންދެވޭނެ ހަރަކާތްތަކާ ގުޅޭގޮތުން އެކަމަނާ ވާހަކަފުޅު ދައްކަވާފައިވެއެވެ. މިބައްދަލުވުމުގައި މިއޮތޯރިޓީގެ ޑިރެކްޓަރ … Read more